އިސްދޫ އެމްޑީޕީގެ ގިނަ ބަޔަކު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

އިސްދޫ އެމްޑީޕީގެ ގިނަ ބަޔަކު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2023 01:18
0

ލ. އިސްދޫ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ތައީދު ހޯދުމަށް ހުއްޓުމެއްނެތި މުޅި ރާއްޖޭގައި ޕީޕީއެމް/ޕީއެންސީގެ ޓީމުތަކުން ގެންދަނީ ކެމްޕޭން ކުރަމުންނެވެ. މިގޮތުން ލ.އަތޮޅުގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤާއި، ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބް ފައިސަލް ހިމެނޭހެން ގެންދަނީ ކެމްޕޭން ހަރަކާތްތައް ވަރަށް ފުޅާކޮށް ހިންގަމުންނެވެ.

ލ.އަތޮޅުގައި ކުރިއަށް ގެންދާ ކެމްޕޭންގައި އެއަތޮޅުގެ ގިނަ ބަޔަކު ގެންދަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅެމުންނެވެ. އެގޮތުން ރޭ ލ. އިސްދޫގައި ބޭއްވި ޚާއްސަ އިވެންޓެއްގައި އެރަށުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

ލ.އަތޮޅުގެ އެކި ރަށްތަކުން ޕީޕީއެމް/ޕީއެންސީއާއި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.