ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހަކަށް ނުވެސް އެނގި ވޯޓުލީ ރަށް ބަދަލުވުން ކަމަށާއި، މިގޮތަށް ހުށަހެޅޭ ޝަކުވާތައް އިތުރުވަމުންދާ ކަމީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒުގެ ކެމްޕޭންގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ވޯޓު ލުމަކީ އެދޭ ވަރަށް ބޮޑު އެދުމެއްކަމަށެވެ. ނަމަވެސް ކަންބޮޑުވުން އޮތް ކަމަކީ ރީ-ރަޖިސްޓްރީ ކުރިއަށްދާއިރު އެމީހަކަށް ނުވެސް އެނގި ކުރިނން ވޯޓުލީ ރަށް ބަދަލލު ވެފައި އޮތުންކަމަށެވެ. މިއީ ސީރިއަސް ކަންބޮޑުވުންވުން ތަކެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.
މިގޮތަށް ފާހަގަވި ބައެއް މައްސަލަތައް އީސީއަށް ހުށަހެޅުމުން އެމައްސަލަތަކަށް އެޓެންޑް ކުރާކަމަށް ވިދާޅުވެފައިވާކަމަށް ތޮލާލް ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ އިންތިޚާބާއި ގުޅުންހުރި އެންމެ މުހިންމު ބަޔަކީ ވޯޓުލާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުން ކަމަށާއި، އެމީހަކަށް ހައްގު ގެއްލޭގޮތަށް އެއްވެސް ކަމެއް ކުރުމުގެ ޖާގަ މިއިންތިޚާބުގެ ނުދެއްވާނެކަމަށް ތޮލާލް ވިދާޅުވިއެވެ. ،
ތޮލާލް ވިދާޅުވީ މިކަމަށް ސަމާލުވެ ހުރިހާ ރައްޔިތުންވެސް ރަޖިސްޓްރީ ޗެކް ކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ ވަގުތުން ސަމާލުކަމަށް ގެނައުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ތޮލާލް ވަނީ މިއަދު އޮތް ޑރ. މުއިއްޒުގެ ކެމްޕޭންގެ ހަރަކާތްތައްވެސް ހިއްސާ ކުރައްވާފައެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ބައިވެރިވެވަޑައިންނަވާ އިވެންޓްތައް:
– 3:15 ހުޅުމާލެ ނާރސަރީ (ހުޅުމާލެ ސަހަރާ) -މާލޭ ސިޓީ ކައުންސިލް އިވެންޓެއް
– 5:00 މާލޭ ހެންވޭރު ޑޯޓުޑޯ (ލޮކޭޝަން ޙިއްސާ ކުރާނަން)
– 8:30 ކަންމަތީ ޖަލްސާ (ފަރީދީ މަގު ސްޓެޓިކް ކުރިމަތި)
– 9:30 ފުވައްމުލަކު މާލޭ ޖަގަހަ ހުޅުވުން (ޝަބްނަމް މަގު -ގަލޮޅު ދަނޑުގެ އިރުމަތީ މަގު)
ތިލާލް ވަނީ މިއިވެންޓުތަކަށް ހުރިހާ ރައްޔތުންނަށް ދައުވަތު ދެއްވާފައެވެ. މުއިއްޒު ގެންދަވަނީ ކެމްޕޭނަށް މާލެއައި، އަތޮޅު ތެރޭގައި އެއްވެސް ހުއްޓުމެއްނެތި ގިނަ ހަރަކާތްތައް ހިންގަމުންނެވެ.