މިސަރުކާރުން ގޮތަށް ރައްޔިތުން ބޭނުންވާކަންކަން ބޮލާލާ ނުޖަހައި ރައްޔިތުން އިސްކުރާނަން: ޑރ.މުޢިއްޒު

މިސަރުކާރުން ގޮތަށް ރައްޔިތުން ބޭނުންވާކަންކަން ބޮލާލާ ނުޖަހައި ރައްޔިތުން އިސްކުރާނަން: ޑރ.މުޢިއްޒު

Author
އައިޝަތު އަޙްމަދު
18 ސެޕްޓެމްބަރ 2023 01:52
0

މި ހިނގަމުންދާ ފަސްއަހަރު ރައްޔިތުން ބޭޏުންވާ ކަންކަން ބޮލާލާ ޖެހިނަމަވެސް، އެމަނިކުފާނުގެ ވެރިކަމަކި ރައްޔިތުން އިސްކޮށްގެން ރައްޔިތުން ބޭނުންވާ ކަންކަން ފުއްދާދޭނެ ވެރިކަމެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ށ.އަތޮޅު މާއުނގޫދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ ރައްޔިތުން ބޭޏުންވާކަންކަން ބޮލާލާޖަހައި، އެޑްވާންސްކޮށް ކުންފުނިތަކަށް ފައިސާދީ. މަޝްރޫޢުތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމަށެވެ.

ރައްޔިތުން އިސްކޮށްގެން ރައްޔިތުން ބޭނުންވާގޮތަށް އިރާދަކުރެއްވިއްޔާ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ހަމަ ވަރަށް އިސްކަންދީގެން ބާރަށް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

ޑރ.މުޢިއްޒު ވިދާޅުވީ އިންތިިޚާބު ކާމިޔާބުމާއެކު މާ ލަސްތަކެއް ނުކުރައްވާ އަނެއްކާވެސް އެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށެވެ.

ޑރ.މުއިއްޒު ވަނީ މާ އުނގޫދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުޔން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށް، ސްކޫލްގެ ޖާގަ އިތުރުކޮށް މަލްޓިޕާޕަސް ހޯލް ޤާއިމްކޮށް، ސިއްޙީ ނިޒާމް ފުޅާކުރައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.