ށ. އަތޮޅުން މުއިއްޒަށް އެންމެ ބޮޑު ޔަގީންކަމެއް ދިނީ އެމްޑީޕީގެ މެމްބަރުން!

ށ. އަތޮޅުން މުއިއްޒަށް އެންމެ ބޮޑު ޔަގީންކަމެއް ދިނީ އެމްޑީޕީގެ މެމްބަރުން!

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2023 11:38
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ބޮޑު ޔަގީންކަމެއް ށ. އަތޮޅުން ދިނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ށ. އަތޮޅުގެ އެމްޑީޕީގެ އިސް ސަފުގައި ނަގާ ކިޔާ ވަރުގަދަ ބޭފުޅުންތަކެއް ވަނީ އެޕާޓީން ވަކިވެ މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބައި އަތު ހިފާފައެވެ. މިބޭފުޅުންގެ ތެރޭގައި ޒަމާނުއްސުރެ އެމްޑީޕީއަށް ޖާނާއި، މާލުން ހޭދަކޮށް، އެމްޑީޕީ ށ. އަތޮޅުގައި ފެތުރުމަށް މަސައްކަތް ކުރި މީހުން ހިމެނެއެވެ.

މިބޭފުޅުން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅުމަށްފަހު ބުނީ މިހާރު މިވެރިކަން ބަދަލު ކުރަން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ކިބައިން ފެނިގެންދަނީ ރީތި އަކުލާގާއި، ޤައުމު އެދޭ ބަދަލު ގެނުވާނެ ކަމުގެ އުންމީދު ކަމަށެވެ.

މުއިއްޒު ވަނީ މިބޭފުޅުން ޕީޕީއެމްއާއި ގުޅުމަކީ ރިޔާސީ އިންތިާޚާބުގައި މީގެ ކުރިން ށ. އަތޮޅުން ލިބުނު ތާއީދު އިތުރަށް ބޮޑުވެ ރާއްޖޭގެ އެންމެ ގިނަ ވޯޓު ޕީޕީއެމް/ޕީއެންސީއަށް ލިބޭނެ އަތޮޅަށް ށ،. އަތޮޅު ވެގެންދާނެ ކަމުގެ ފެހި ސިގުނަލެއް ކަމަށެވެ. މިޓީމާއިއެކު ށ. އަތޮޅުގެ ޕީޕީއެމް/ޕީއެންސީގެ ބަދަހި ލަޝްކަރު ކުރިއަށް އޮތް 12 ދުވަހު ހުއްޓުމެއް ނެތި މަސައްކަތްކޮށް މިއިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކޮށް ދެއްވުމަށް މުއިއްޒު ވަނީ އެދި ވަޑައިގެންފައެވެ.

މިރޭ ޕީޕީއެމް/ޕީއެންސީއާއި ގުޅުނު ބޭފުޅުންނަކީ ށ. އަތޮޅުގެ އެމްޑީޕީގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުވަތަ މައުމޫނިޒަމް
އެމްޑީޕީ ނުވަތަ މައުމޫނިޒަމް ނޫނީ ޔާމިނުގެ އަނިޔާވެރިކަމާ ދެކޮޅު އެއްވެސް ބަޔަކު މުއީޒައް ވޯޓެއްނުދޭނެ މުއީޒަކީ ހިޔަންޏެއް ޔާމިނުގެ އަސްލު ސޫރަފެންނާނެ މުވީޒު ހޮވިއްޖެނަމަ
ހ ހާއުފާ
ހުވަފެން ބަލައިގެން އޭގެ އަވައިގައިޖެހި އެއިން ނެއްޓިގަންނަން ނޭގިގެން ލޯމަރާނުލާތި. ހުވަފެނަކީ ބިލާހެއްކަން ދަންނާތި. ބޭރުން އަންނަ ބަޔަކު އިޚުލާސްތެރިންގެ ގޮތުގައި ބަލައިގަތުމުގައި ހުޝިޔަރުވެ ރައްކައުތެރިވެގެން އުޅޭތި. (ހިޔަންޏަށް މުޑިނެގުމުން) ކޮޅުކެހި ލިބިދާނެކަން ދަންނާތި.