ޤައުމީ ދުވަހުގެ އަޒުމަކަށްވާންވީ އަޅުވެތިކަމުން ޤައުމު ސަލާމަތް ކުރުމަށް: ޑރ. މުއިއްޒު

ޤައުމީ ދުވަހުގެ އަޒުމަކަށްވާންވީ އަޅުވެތިކަމުން ޤައުމު ސަލާމަތް ކުރުމަށް: ޑރ. މުއިއްޒު

މިއަދު ފާހަގަ ކުރަމުންދާ ޤައުމީ ދުވަހު ދިވެހި އެންމެހާ ރައްޔިތުން އަޒުމަކަށް ހަދަންވީ ރާއްޖެ މިއަދު އޮތް އަޅުވެތިކަމުން ސަލާމަތްކޮށް މިނިވަން ޤައުމަކަށް ހެދުމަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. މުރާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު ޤައުމީ ދުވަސް ފާހަގަ ކުރާއިރު، ޤައުމީ ދުވަސް މިވަނީ ހިތާމަވެރި ދުވަހަކަށް ވެފައިކަމަށެވެ. މިއީ މިހިތާވެރި ހިތްދަތި އަދި ބިރުވެރި ހާލަތު ޤައުމު އިސްކޮށް މިކަމުން ސަލާމަތްވުމަށް އަޒުމް ކަނޑައަޅަންވީ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ފަޚުރުވެރި ޤައުމީ ދުވަސް، ހިތާވެރި ދުވަހަކަށް ވެފައި މިވަނީ. ޤައުމީ އަޒުމް އާކޮށް، މިއަދު ޤައުމީ އެއްބައިވަންތަކަން އިސްކޮށްގެން ގޮތް ނިންމުމަށް އިލްތިމާސް ކުރަން. މިއީ އެއްވެސް ޕާޓީއަކާއި ގުޅިފައި އޮތް މައްސަލައެއް ނޫން. މިއީ ޤައުމުގެ މިނިވަންކަމާސި ސިޔާދަތާއި ގުޅިފައި އޮތް މައްސަަލައެއް.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މުރައިދޫގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ދެވަނަ ބުރުގައި ޕީޕީއެމް/ޕީޕީއެމްސީއާއިއެކު ތިބިކަމީ ލިބޭ ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މުރައިދޫ އެމްޑީޕީގެ މެމްބަރުންވެސް ޤައުމު އިސްކޮށް މިއިންތިޚާބުގައި 4 ނަންބަރަށް ވޯޓު ދެއްވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މުރައިދޫއަށް ޑރ. މުއިއްޒު ވެވަޑައިގެން ވަޢުދުތައް:

– ޒަމާނީ ފެންވަރުގެ ސިއްޚީ މަރުކަޒެއް ހަދާނަން
– އަސަސީ ލެވެލްގެ ލެބޯރިޓީ ޓެސްޓް ހެދޭނެ ގޮތް ހުންނާނެ
– ސްކޫލުގެ ޖާގަ އިތުރުކޮށް ދޭނަން
– އޭޓީއެމްއެއް ޤާއިމް ކޮށްދޭނަން
– އިންޑޯ އަދި އައުޓްޑޯ ފެސިލިޓީ ހިމެނޭހެން ކުޅިވަރު ވަސީލަތްތައް ގާސިމް ކޮށްދޭނަން
– ކުނިމެނޭޖް ކުރުމަށް ހައްލު ހޯދާ ދޭނަން
– ގޯތި އިމާރާތް ކުރުމަށް ލުއި ލޯނު ލިބި ބޯހިޔާ ވަހިކަން ކަށަވަރު ވެގެންދާނެ
– މައި މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ދޭނަން

ރައްޔިތުން ތަރައްޤީގެ ކަންކަން އެއްފަރާތް ކޮށްލުމަށްފަހު ޤައުމީ ވިސްނުމެއްގައި މިމަހުގެ 30 ވަނަ ދުވަހު ގޮތް ނިންމަން މުއިއްޒު ވަނީ މުރައިދޫ ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފައެވެ. ތަރައްޤީގެ ކަންކަން ހާސިލް ކުރެވޭނީ މިނިވަންކަން އޮވެގެން ކަމަށާއި، ތަރައްޤީގެ ކަންކަން ކަށަވަރު ކޮށްދެއްވުމަކީ ކުރަން ފަސޭހަ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *