މިވެރިކަން ބަދަލުކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި މަސައްކަތް ކޮށްދެއްވާ: މުއިއްޒު

މިވެރިކަން ބަދަލުކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި މަސައްކަތް ކޮށްދެއްވާ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2023 04:44
0

ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް އޮތް ނުރައްކަލާއި ޤައުމުގެ މިސްރާބި މިއަދު ހުރި ގޮތަށް ބަލާއިރު ދިވެހި ރައްޔިތުން މިވެރިކަން ބަދަލު ކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި މަސައްކަތް ކޮށްދެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭންގެ ފުރަތަމަ ބުރުގައި ބޮޑު ކަމިޔާބީއެއް ލިބުނު ނަމަވެސް ދެވަނަ ބުރަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ހުއްޓުމެއްނެތި ކުރައްވަމުންދާ ކެމްޕޭންގެ ތެރެއިން މިއަދު އދ.ދަނގެއްޗަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފަހު ނިންމުން ނިންމުމާއި ރައްޔިތުން ކުރިމަތިލާއިރު ޤައުމު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. މިނިވަން ކަމާއި ސިޔާދަތަށް ބޮޑެތި ނުރައްކާތަކެއް އޮތްއިރު މިކަންކަމުން ޤައުމު ސަލާމަތް ކުރެވޭނީ މިވެރިކަމަށް ނޫނެކޭ ބުނެގެން ކަމަށެެ.

މިނިވަންކަމާއިމެދު ރައްޔިތުންގެ ހިތްތަކުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު ޤައުމުގެ ތަރައްޤީވެސް ވަނީ މަޑުޖެހު އިޖުތިމާއި އަދި އިޤްތިޞާދީ ހާލަތުވެސް ވަނީ ބަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. މިކަންކަމުން އަރައި ގަތުމަށް ރައްޔިތުން މިއިންތިޚާބުގެ ދެވަނަ ބުރުގައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކި މަސައްކަތް ކޮށްދެއްވުމަށް މުއިއްޒުވަނީ އެދި ވަޑައިގެންފައެވެ.

މިނިވަންކަމާއި އަމިއްލަ ވަންތަކަން ގެއްލޭ ހިސާބަށް މިއަދު ވަނީ ގޮސްފަ. ތަރައްޤީގެ ކަންކަން މިވަނީ ސޮއްސާލައިގެން ގޮސްފަ. އިޤްތިޞާދު މިވަނީ އަދަވަޅަކަށް ވެއްޓިފަ. އިޖުތިމާއީ ހާލަތު މިވަނީ ވަރަށްވެސް ބޮޑަށް ގޯސްވެފަ. މިހުރިހާ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަތްމައްޗަށް އެލިބެނީ.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދަނގެތީގައިވެސް ތަރައްޤީގެ އެތައްކަމެއް ކުރަން ރައްޔިތުން ބޭނުންވާކަމަށެވެ. ބަނދަރާއި، ބިން ހިއްކުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ ރައްޔިތުން އެދިއެދި ތިބި ކަންތައްތައް ކަމަށެވެ. މުއިއްޒު ވަނީ މިކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދަނގިތީ ރައްޔިތުންނަށް ދެއްވާފައެވެ.

އަދި ފުރަތަމަ ބުރުގައި ކުރެއްވި މަސައްކަތް ދެގުނަކޮށް، ކޮންމެ ބޭފުޅަކުވެސް އަޒުމަކަށް ހަދަންވީ އިތުރަށް އެއްވޯޓު ހޯދުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބޮޑުދެގެރިތެޅީމައިބާރުކުރާނީކައްގަލަށްޤައުމީވާޖިބަކަށްމަސައްކަތްކުރަންޖެހޭނީލާރިކާމީހުން
އ އަމިއްލަވަނާތަ
ވީކަމެއް ނުބުނެވެނީ ކީއްވެ؟؟؟ އެންމެނާ އެކަހެރި ވެގެންތޭ އުޅެންވީ!!!
އ އެކަނބާ
ޔާމީނުގެ ވެރިކަން ބަދަލުކުރީ ފަސާދަޔާއި ކޮރަޕްޝަން މަރު ގިނަވުމުން ގައުމީ ވާޖިބެއްގެ .. މިހާރު ތިބައިގަނޑު ހޮވަންވީ ވައްކަން ކުރަން