އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއިއެކު ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބޭއްވި 4 ގަޑިއިރުގެ ބައްދަލުވުމަށްފަހު ކުރެވުނު މަޝްވަރާތައް މިދު ޖޭޕީގެ ކައުންސިލާއި ހިއްސާ ކުރުމަށް ހަމަޖެހިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި ބައްދަލު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފް އިސްކޮށް ހުންނަވައިގެން ރޭ ސަން އައިލަންޑް ވިލާޕާކުގައި ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިބައްދަލުވުން 4 ގަޑިއިރަށް ދިގު ދެމިގެން ދިޔަކަމަށެވެ.
މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައް މިއަދު އޮންނަ ޖުމްހޫރީ ޕާޓީގެ ކައުންސިލާއި ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް ނިހާން ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ ވަފުދާއިއެކު އޮނަރަބަލް ޤާސިމް އިބްރާހީމް ރޭ ސަން އައިލަންޑް ވިލާޕާކުގައި ވަނީ 4 ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުމެއް ބާއްވަވާފައެވެ. ބައްދަލުވުމުގައި އެމަނިކުފާނާއި އެކު މަޝްވަރާ ކުރެއްވި ކަންކަމުގެ މަޢުލޫމާތު ޖުމްހޫރީ ޕާޓީގެ މިއަދު އޮންނަ ކައުންސިލް އަށް އެމަނިކުފާނު ހުށަހަޅުއްވާނެއެވެ.
– ނިހާން ވިދާޅުވިއެވެ.
ޕީޕީއެން/ޕީއެންސީން ގާސިމް އިބްރާހިމް އާއި އެކީ ކޯލިޝަން ހެދުމުގެ މަޝްވަރާ ފަށާފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ޕީޕީއެމް/ޕީއެންސީ އާއި އެކީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ބޭއްވި އިންތިހާބުގައި ދެވަނަ ބުރު ކަށަވަރު ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
One Response
މާގިނަ ވޯޓެއް މިފަހަރު ޖޭޕީގައި ނެތްހިނދު ސަރުކާރުގެ ހިއްސާއެއް ދޭ ގޮތަށް ކޯލިޝަން ހެދުމަކީ މުހިންމު ކަމެއް ނޫން. އެކަމަކު ގާސިމަށް ވަރަށް މުހިންމުވާނެ އަނބިކަނބަލުންނަށް މިނިސްޓްރީއެއް ގަނެދިނުން. އެމަނިކުފާނު ހުންނަވާނީ އެންމެ ކުޑަކޮށް މިނިސްޓްރީއެއް ވިއްކާ ކޮޅެއްގައި.