ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ކިންގްމޭކާ ދަ ޑިމޮކްރެޓްސްގެ ނިންމުން މާދަމާ 3 ޖަހާއިރު ނިންމުމަށް ހަމަޖެހިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްއަށެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ ވޯޓުލި މީހުންގެ %7.18 އެވެ. އެއީ 15839 ވޯޓެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ނިންމުން މާދަމާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން އޮންނަނީ މާދަމާ މެންދުރު ފަހު 3 ޖަހާއިރުއެވެ. ބައްދަލުވުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޑިމޮކްރެޓްސް އިން ވަނީ ދެވަނަ ބުރުގައި ނިންމާނެ ގޮތެއް ވަރަށް އަވަހަށް ހާމަ ކުރާނެކަމަށް އިއްޔެ ބޭއްވި ޕްރެސްގައި ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓްސް އިން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ނިންމާނީ ކޮން ގޮތަކަށް ކަމެއް މިހާތަނަށް ސާފު ވެފައިނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާ ކުރެވެމުންދާއިރު، ރައްޔިތުން ހިތްހަމަ ޖެހޭ ގޮތަަކަށް މިކަން ނިމިގެންދާނެ ކަމަށާއި، އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މިއިންތިޚާބުގައި ރައީީސް ނަޝީދުގެ ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެންމެ ބޮޑަށް ބުރަވާނެ ކޮޅުކަމަށް ގިނަ ބަޔަކު ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
2 Responses
ރާއްޖޭގަހުރި ސިޔާސީގޮތުން އެންމެފުންނާބުއުސް ފަރާތް (ރައީސްނަޝީދުއާބައްދަލުކޮށް) އިންޑިއާސަފީރު މިރޭ ސިޔާސީވާހަކައިގެ ބަދަލުގަ، ކަމާކަންފަށާ🤣ހަދާންނެތިގެންދެއްކުނީ ފޫޅުދިގުހަންޑިއާ، ސަންތިމަރިޔަބުގެ ވާހަކަ ހިންދީބަހުން ނާސަރީކުދީންނަށް ކިޔާދޭން ޖެހޭގޮތަށް ފޮތެއްލިޔުމުގެ މަަޝްވަރާބާ؟
މިފަހަރު ކިންގް މޭކަރަކަރަކީ ޑިމޮކްރެޓްސް އެއް ނޫން،