ގަދަ ހިފުމަށް ޑރ.މުއިއްޒު ތައްޔާރު، ކެމްޕޭން ޓީމުތައް ރުކުވާލައި މިއަދު ދޮރުން ދޮރަށް!

ގަދަ ހިފުމަށް ޑރ.މުއިއްޒު ތައްޔާރު، ކެމްޕޭން ޓީމުތައް ރުކުވާލައި މިއަދު ދޮރުން ދޮރަށް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރަންޖެހޭ ވަރުގަދަ މަސައްކަތަށް ތައްޔަރުވެ ކެމްޕޭން ޓީމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް މިއަދު މާލޭގައި ޑޯޓުޑޯ ހަރަކާތްތައް ފެށުމަށް ޕީޕީއެމް/ޕީއެންސީން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ. ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.

ދެން މި އިންތިޚާބުގައި ވާދަކުރެއްވި 6 ކެންޑިޑޭޓުންނަށް މި 2 ކެންޑިޑޭޓުންނާއި ގާތަށްވެސް ވޯޓު ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމަށް މުއިއްޒު ވަނީ މިއަދު މާލޭގެ ކެމްޕޭން ޓީމުތަކުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި މުއިއްޒުވަނީ ފުރަތަމަ ބުރުގައި ކުރި މަސައްކަތް 6 ގުނައަށް އިތުރުކޮށް އިންތިޚާބު ބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ކުރުމުގެ މަސައްކަތް ފެށުމަށް ދަންނަވާފައެވެ.

މީގެ އިތުރުން މިއަދު ޑޯޓުޑޯ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މުއިއްޒުގެ ކެމްޕޭން ޓީމުން ދަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީތަކައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ. އަދި ރޭ ވަނީ ޕާޓީތަކާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އޭނާއާއި އަތު ހިފުމަށް ދައުވަތު ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *