މެމްބަރުން އެދިގޮވީ ސަރުކާރާއި ނުގުޅުމަށް، އިލްޔާސް ވިދާޅުވީ ނިންމާނީ މެމްބަރުން އެދޭގޮތަށް ކަމަށް!

މެމްބަރުން އެދިގޮވީ ސަރުކާރާއި ނުގުޅުމަށް، އިލްޔާސް ވިދާޅުވީ ނިންމާނީ މެމްބަރުން އެދޭގޮތަށް ކަމަށް!

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2023 07:01
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ތާއީދު ކުރާނެ ކެންޑިޑޭޓެއް ނިންމާނީ އެޕާޓީގެ ޢާންމު މެމްބަރުން އެދޭ ގޮތަކަށް ކަމަށާއި، މެމްބަރުން ގަބޫލު ނުކުރާނެ ގޮތަކަށް ދެވަނަބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމ ބުރުގައިި ރައީސް ޞާލިހަށް ޑރ.މުއިއްޒުގެ މައްޗަށް ކުރި ނުހޯދުނު އެންމެ ބޮޑު ސަބަބަކީ ދަ ޑިމޮކްރެޓްސްއެވެ. ދަ ޑިމޮކްރެޓްސް އިން ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 15،000 އަށްވުރެ ގިނަ ވޯޓު ހޯދާފައެވެ. ޕާޓީ އުފައްދައި ވުޖޫދު ކުރިތާ ހަތަރު މަސްތެރޭގައި ވާދަކުރި ރިޔާސީ އިންތިޚާބުން މިހާބޮޑު ކާމިޔާބެއް ލިބުމުން އެކަމުގެ އުފާ ފާޅުކުރުމަށް މިއަދު ހަވީރު ދޮންމަނިކު ސްކައިވިއުގައި ބޭއްވި ހަވީރު ސައިފޮދުގެ ތެރެއިން ޢާންމު މެމްބަރުންނާއި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އާންމު މެމްބަރުން ތިބީ ކިހިނެތްކަން ސާފުވާކަމަށެވެ.

އިންތިޚާބުގެ ކެމްޕޭންގައި ޢާންމު މެމްބަރުންގެ ގޭގެއަށް ކައިރިއަށް ގޮސް ވަރަށް ބުރަ މަސައްކަތް ކުރެވިފައި ވާކަމަށާއި، އާންމު މެމްބަރުން ތިބިގޮތް މިހާރުވެސް ސާފުވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވުމާއިއެކު ސަޔަށްދިޔަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ މިސަރުކާރާއި އަލުން ގުޅިގެން ނުވާނެކަމަށް ބުނެ އަޑުގަދަކޮށްފައެވެ. މިއާއިއެކު އިލްޔާސް ވިދާޅުވީ މެމްބަރުން ނޭދޭ ގޮތަކަށް ކަންކަން ނުނިންމާނެކަމަށެވެ.

މިއަދު ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެއް އަޅުގަނޑުމެން ދެން ހަދާނީ ކިހިނެއްތޯ؟ އަޅުގަނޑު މިސުވާލު އަޅުގަނޑު މިކެމްޕޭންގައި ދިމާވި ވަރަށް ގިނަ މީހުންނާއި ކޮށް މިސުވާލުގެ ޖަވާބުވެސް އެނގޭ. އަދި މިހާރުވެސް ތިހުރިހާ ބޭފުޅުންގެ ވިސްނުން ފުޅާއި ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެނގޭ. ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުމެން ތިބޭފުޅުންނަށް، މިރާއްޖެއަށް މިޤައުމަށް މިޕާޓީއަށް ދެރަގޮތަކަށް ނުނިންމާނަން.

– އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ނިންމުން ނިންމާނީ ތެޅި ފޮޅިގަނެގެން ނޫންކަމަށެވެ. ނިންމާނީ ވިސްނުންތެރި ކަމާއިއެކު ޕާޓީިގެ ކައުންސިލާއި ގަބޫލު ކުރާ އަސާސްތަކައި، އުސޫލުތަކާއި އެކު ނޫނީ އެއްވެސް ކަމެއް ނުނިންމާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިންމާ ނިންމުމެއް ވަރަށް އަވަހަށް ނިންމައި އެކަން އިއުލާން ކުރާނެކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީއާއި ރައީސް ޞާލިހާއިއެކު ދެން ކުރިއަށް ދެވޭނެ އެއްވެސް ފޯމިއުލާއެއް ނެތްކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުންވެސް އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް ޑރ. މުއިއްޒާއި ބައިއަތު ހިފުމަށް އެމްޑީޕީގެ ޢާންމު މެމްބަރުންނަށްވެސް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފައިސަލް
ދެން ދާންޖެހޭނީ މެމްބަރުން ގެ ވޯޓަކަށްނު...
ހ ހަސީނާ
މިފަހަރު ހީވަނީ ބޮޑިބޯނެހެން!
ހ ހަސީނާ
ކީއްވެ؟ މިފަހަރު އެދަނީ ދާންވާ މިސްރާބަށް
ސ ސަންފަ
ކުރިން ބުނީ ތިމަންމެންގެ ފަހަތަށް ޕީޕީއެމް އަރާށޭ މިހާރު މުއިއްޒުއާ ބައިއަތު ހިފަންވީ . ކުރިން ހީވީ ކަންނޭގެ ދޮއްތަ ޕީޕީއެމްގަ ޔާމީނު ނެތީމަ އެމީހުނަޑްވުރެ ގިނަ ވޯޓު ތިމަން މެނަށް ލިބޭނެ ކަމަށް
ގަޓު މޭން އެހެނެއް ނޫން ވީކީ ތިޔަ ސަންފަ ވިދާޅު ތިވީ އަދި ރަގަޅަކައް ނޫން 8 ކެންޑި ޑޭޓު ތިބެފަ އަލަން އުފެއްދި ޕާރޓީ އެއް ވީމަ ވޯޓު ލިބޭ ވަރު ވެސް ބަލާލުން ރަގަޅު ދެއްތޮ ސިޔާސީ މީހުންގެ ހުންނާނެ އުކުޅު ތައް ވެސް ކަމަނާ އައް ނޭގުނަސް ޖަވާބު ލިބިއްޖެ ކަމަށް އުމްމީދު ކުރަން