ފަހުވަގުތު އެމްޑީޕީއަށް އަނބުރާލަން އުޅުނު ކުޅުދުއްފުއްޓާއި، ތޮއްޑޫވެސް ޑރ.މުއިއްޒަށް!

ފަހުވަގުތު އެމްޑީޕީއަށް އަނބުރާލަން އުޅުނު ކުޅުދުއްފުއްޓާއި، ތޮއްޑޫވެސް ޑރ.މުއިއްޒަށް!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 07:46
0

ރިޔާސީ އިންތިޚާބުގެ ވޯޓުލާން ހަފްތާއަކަށް ވެފައި އޮއްވާ ކުޅުދުއްފުށީގެ ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ކުޅުއްފުށީގެ ސާފު މެޖޯރިޓީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހޯއްދަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފާއި މޭޔަރާއި އަދި އެމްޑީޕީގެ ގިނަ ބަޔަކު ރައީސް ނަޝީދާއިއެކު ޑިމޮކްރެޓްސްގައި މަސައްކަތް ކުރަމުން ދަނިކޮށް އަލުން އެމްޑީޕީއަަށް އެބޭފުޅުން ގެންގޮސް މެެޖޯރިޓީ ނެގުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރިއެވެ. ހަމަ މިއާއިއެކު ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަބން ޝިޔާން ވެސް އެމްޑީޕީއަށް ގެންގޮސް ތޮއްޑޫގެ މެޖޯރިޓީ ހޯދުމަށްވެސް މަސައްކަތް ކުރިއެވެ.

ކުޅުދުއްފުއްޓާއި، ތޮއްޑޫއަކީވެސް މީގެ ކުރިން އެމްޑީޕީގެ ވަރުގަދަ ތަންތަނެވެ. ނަމަވެސް މިއިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ތޮއްޑޫއާއި، ކުޅުދުއްފުށި ސިޓީގެ ސާފު ޢައުލަބިއްޔަތު މުއިއްޒު ވަނީ ހޯއްދަވާފައެވެ.

މީގެ އިތުރުންވެސް މާލޭގެ މެޖޯރިޓީއާއި، އައްޑޫ ސިޓީއާއި، ފޯއްމުލަކާއި ތިނަދޫ އަދި ވިލިނގިލި ފަދަ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ވަނީ މުއިއްޒު ހޯއްދަވާފައެވެ. އިންތިޚާބުގެ މިހާރުގެ ނަތީޖާ ދައްކާގޮތުން މުއިއްޒު އުޅުއްވަނީ ރައީސް ޞާލިހާއި، 8،000 ވޯޓު ތަފާތު ބޮޑުކޮށެވެ.

ރައީސް ޞާލިހު މިއިންތިޚާބު އެއްބުރުން ކާމިޔާބުކޮށް މިރޭ އުފާ ފާޅުކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް ނަތީޖާ ދައްކާގޮތުން ރައީސް ޞާލިހަށް ދެން އެއްވަނަ ލިބުމަކީ ވުމަށް ވުރެއް ނުވުން ގާތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.