ދިވެހި ރައްޔިތުން ތިބީ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާގޮތަކަށް ނޫންކަމަށާއި، ރައްޔިތުން ތިބި ޖޯޝާއި ފޯރީގައި މިއިންތިޚާބު އެއްބުރުނން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި މުއިއްޒުއާއި ސެމްބެ ވަނީ މިހާތަނަށް ރާއްޖޭގެ 150 އަށްވުގެ ގިނަ ރަށަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ރަށްރަށުން ރައްޔިތުން ދެއްވި ޔަގީންކަމާއިއެކު މުއިއްޒު އަށް ލިބިފައިވަ ބޮޑު އިތުބާރަކީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަމެވެ.
ޚަބަރު އޮންލައިނަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދީއްލާލައި، ދިވެހިންގެ ކަނޑުފަޅާއި ބިންތައް ވިއްކާލައި އިންޑިއާގެ އަސްކަރީ ސިފައިން މިގައުމުގައި ތާއަބަދަށް ތިބެވޭނެ ޖާގަ ދިނުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ. މިއާއިއެކު މިފަސް އަހަރަކީ ދިވެހި ރައްޔިތުން އުންމީދުކުރި ތަރައްޤީ ގެއްލިގެންދިޔަ ފަސް އަހަރު ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ އޮންނަ އިރު ދިވެހި ރައްޔިތުންގެ މިކަންބޮޑުވުންތައް އިންތިހާއަށް އޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހުރިހާ ކަމެއް މިހެން އޮތްއިރު ރައްޔިތުން ތިބީ އެއްވެސް ގޮތަކަށް މިއިންތިޚާބު ދެވަނަ ބުރަކަށް ދާނެ ގޮތަކަށް ޖާގަ ދޭން ނޫންކަމަށާއި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ. ދެވަނަ ބުރަކަށް ގޮސްފި ހާލަތެއްގައި ކުރަންޖެހޭ މަޝްވަރާކޮށް ކޯލިޝަނެއް ހަދައި މިސަރުކާރު ބަލި ކުރުމަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ކުރާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދެން އެހިސާބަށް ގޮސްފިއްޔާ އަޅުގަނޑުމެން މަޝްވަރާ ކުރާނީ. މިވަގުތު އަޅުގަނޑުމެން ފޯކަސް ކުރަނީ އެއްބުރުން ކާމިޔާބު ކުރުމަށް. އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިޔާ ކާމިޔާބު ވާނެ އެއްބުރުން. ވަރަށް ޔަގީންކަން އެބައޮތް. ނުވާ ހާލަތެއްގައި އަޅުގަނޑުމެންނާއި އެކީގައި ވާހަކަ ދައްކަން ތިބި އެންމެންނާއި ވާހަކަ ދެކެވިގެން އަޅުގަނޑުމެން ހަދަންޖެހޭ ކޯލިޝަނެއް ހަދައިގެން އަޅުގަނޑުމެން އަޅުގަނޑުމެން ކާމިޔާބު ކުރާނީ. އެކަމު އެހިސާބަށް ނުދާނެކަމުގެ ވަރަޑު ބޮޑު ޔަގީންކަމެއް އަޅުގަނޑަށް މިއޮތީ. އެއްބުރުން ކާމިޔާބު ވާނެ އިރާދަ ކުރެއްވިއްޔާ.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ އޮންނައިރު ވާދަވެރިކަން ބޮޑީ ބޮޑު ދެ ޕާޓީގައެވެ. ސަރުކާރުގައި އޮތް އެމްޑީޕީވެސް ފެންނަނީ ވަރުގަދަކޮށެވެ. ނަމަވެސް އިދިކޮޅުގައި ފަސް އަހަރު ހޭދަކުރަން ޖެހުނު ޕީޕީއެމް/ޕީއެންސީ ރޫޅާ ނުލެވި ބަދަހި ކަމާއިއެކު އޮތުމަކީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް އެބޭފުޅުންނަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ.
One Response
ރައްޔިތުން ބޭނުން ވަނީ އެއްބުރުން ސޯލިހް ހޮވަން. ކަލޭ ގެ ގޯތި ބުރިބުރި އައް ހިއްލަން ފުރުސަތު ދޭކައް ނޫން. ސޮރީ މުއިއްޒު.