ދީނަށް ފުރައްސާކުރުން ހުއްޓުވައި، ރާއްޖެ އަމާންކުރުމުގެ ޕްލޭން އޮތީ ނިމިފަ: އިމްރާން

ދީނަށް ފުރައްސާކުރުން ހުއްޓުވައި، ރާއްޖެ އަމާންކުރުމުގެ ޕްލޭން އޮތީ ނިމިފަ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2023 08:47
0

ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށް ހެދުމަށް ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިހާރު ޕްލޭނެއް ހެދި ނިމިފައިވާކަމަށް ހޯމް މިނިސްޓަރ އަދި އެމްޑީޕީ ކޯލިޝަންގެ ޕާޓްނަރު އިމްރާން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ކެމްޕެއިންކުރަން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވަމުން ދާ ގޮތް ސަރުކާރަށް އެނގޭ ކަމަށާއި އެހެންވީމާ ރާއްޖެ އަމާންކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ ގިނަ ކަންތައްތައް މިހާރު ހުރީ ނިމިފައި ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރަށް ރާއްޖޭގެ ކުށުގެ ވެށި އެނގޭ މިންވަރުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން ވަކިންވަކިން އެނގުމެވެ.

އެނގިގެންނާއި ނޭނގި ތިބެ އެ ގްރޫޕްތަކަށް ވަދެފައި ތިބި ކުދިން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކުދިންނ އިސްލާހުކޮށް، އުފެއްދުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެންނާނެ ގޮތް ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ.

– އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން އިމްރާން ރޭ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަން ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އިމްރާން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ "ކުދިން" އިސްލާހުކުރަން މަސަައްކަތްކުރާނެ މުރައްބީންނާއި ދާއީން ތަމްރީނުކުރާނެ ކަމަށެވެ. އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ސަރުކާރުން އެކަަށައަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވާހަކަ ދެއްކެވިއިރު ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިކަންކަން ތަންފީޒު ކުރުމަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޭ ޭތަކުރު
ޕްލޭން ކުރެވުދާނެ އެއަށް އަމަލް ނުކުރެވެނީ ، ޢެހެންވެދޯ ދީނަށްފުރައްސާރަކުރާމީހުނަށާ އެމީހުންގެ ގާތް މީހުނަށް ސަރުކާރުގެ މަތީ މަގާމްތައް ދީފަ ތިބީ. ޢެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓް ކުރާއިރުވެސް އަޅާ ނުލާ ތިބެނީ އަދި އަލަމްގިރިއަށް އުރުނު މީހުނަށްވެސް އެންމެ ކުޑަ އަދަބު ދިނުމަށް ދަޢުވާކޮށް އަފި އަކަމުގެ އަދަބު ބޮޑުކުރަން މަޖްލިސް އަށް ހުށަނޭޅީ ވެސް އިމްރާން ﷲ އަށް ބިރުވެތިވެ ދޮގު ހެދުމުން އެއްކިބާ ވެވޭތޯ ބަލާ
a aisha
ކުރިއާަ އަޙާބަލާ އިރޔ ދީނަށް ފުރައްސާރަ ނުކުރޭ އަމާން ކަން އިހްސާސްވޭ.. ކުރަިގަ ސީދާ ވެރިމީހާ ދީނަށް ފުރަށްސާރަ ކުރަނީ މިހާރު ވެރި މީހާވެސް ފާސަނަލީވެސް އެކަމެއް ނުހިނގާ
މ މިއަދު
ޚކީއްވެ ނިމިގެންމިދާފަސްއަހަރުގެތެރޭގައި އެކަންނުކުރީ އިންޝާﷲ ދިވެހިންނަށް ތިމަލާމާތާއި ފުރައްސާރަކިރަން ދެން ތިމަގާމަކު ނުހުރެވޭނެ
ޚަލޭ ދީނުގެ ވާހަކަ ދައްކަން ލަދުކޮބާ ގޮތްކުޑަމީހާ ފަހަރި ބެހުނު މީހެއް ތިޔައީ
އ އަހަރެން
ދީނަނައް ފުރައްސާރަކުރުން ހުއްޓުވާހަކަ މިހަދިސް އޮޅުވާގެން ރައްޔިތުން މަގުފުރައް ދާއިމުރާކަލޭދައް ކާވާހަކަ ނިކަން ބަލާބަ މިކަލޭގެ ގުރުއާނުގާ ނެއްހަދީސް އެއް މާނަކޮއްގެން ރައްޔިތުންނައް ކިޔާދިނީ މިވަރުގެ ނުބާނުލަފާ މީހަކު ދަެްކާވާހަކަ ނިކަންބަލާބަ އިމްރާން ކަލޭ ދައްކާވާހަކަ އަހާނީކަލޭކަހަލަ ނުބާނުލަފާ މީހުން