ލ. އަތޮޅުގެ ބޮޑު ފަޅި ދައްކާލައި މުއިއްޒުއަށް ހޫނު މަރުޚަބާއެއް!

ލ. އަތޮޅުގެ ބޮޑު ފަޅި ދައްކާލައި މުއިއްޒުއަށް ހޫނު މަރުޚަބާއެއް!

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2023 07:14
0

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒު ލ. އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ފަހުގެ ތާރީހެއްގައި ސިޔާސީ ލީޑަރަކަށް ނުކިޔާވަރުގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކައްދޫ އެއާޕޯޓު އެރައިވަލް ސަރަހައްދުގައި މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދަމާލި ސަފު, ކައްދޫ-ފޮނަދޫ ކޯޒްވޭއާ ހަމައަށްއޮތެވެ. އަދި އާންމުންނާ ސަލާމް ކުރެއްވުމަށް ޑރ.މުއިއްޒު 45 މިނިޓު ހޭދަކުރެއްވިއެވެ.

މިރޭ ޑރ.މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއް ލ.ފޮނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައިވެސް ގިނައަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

ޑރ.މުއިއްޒު ލާމު އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އަދި މާދަން ރޭ ސަންގުޓީވީ އިންތިޒާމު ކުރާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ޑރ.މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.