ރައީސް ޞާލިހުވަނީ މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުގައި ނަމޫނާ ދައްކަވާފަ: ޔުމްނާ

ރައީސް ޞާލިހުވަނީ މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުގައި ނަމޫނާ ދައްކަވާފަ: ޔުމްނާ

ނިމިދގެން މިދާ ފަސް އަހަރަކީ ރާއްޖޭގައި މިނިްތީގެ ހަމަހަމަ ކަމާއި، އަންހެނުންގެ ބާރުވެރިކުރުމުގެ ސިޔާސަތު އެންމެ ބޮޑަށް ތަންފީޒު ކުރި ފަސް އަހަރު ކަމުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކުރެެއްވުމަށް ތާއީދު ކުރައްވާ ރައީސް ޞާލިހާއި ބައިއަތު ހިއްޕަވާފައެވެ. ޔުމްނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަަށް ދެވަނަ ދައުރެއް ދެއްވަން އެންމެ ބޮޑަށް ތާއީދު ކުރީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ބަހާއި ޢަމަލާއި ދިމާވާތީކަމަށެވެ. ރައީސް ވަނީ މިންތީގެ ހަމަހަމަ ކަމާއި، އަންހެނުންގެ ބާރުވެރިކަމުގެ ސިޔާސަތު ވަރަށް ރަނގަޅަށް ތަންފީޒު ކުރައްވާފައިކަމަށެވެ.

ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން އަޅުގަނޑު ތައީދު ކުރާ އެއް ސަބަބަކީ އެ މަނިކުފާނު ގެންގުޅުއްވާ މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ސަބަބުން. މި ދާއިރާއިން ވަނީ ގިނަ ކަންތައްތަކެއް ކޮށްފައި.

– ޔުމްނާ މައުމޫން ވިދާޅުވިއެވެ.

ވަޒީފާގެ މައިދާނުގައާއި ޢާމްދަނީ ހޯދުމުގެ ދާއިރާގައި މިންތީގެ ހަމަހަމަ ކަން ގާއިމް ކުރުމަކީ މިސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެކެވެ. އަދި ކުޅިވަރާއި، ތައުލީމާއި، ސިޔާސީ މައިދާނާއި އެނޫން ކަންކަމުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ.

ސަރުކާރުން ވަނީ އަންހެނުން ބާރުވެރި ކުރުމަށް ކެބިނެޓްގައި 40 އިންސައްތަ އަންހެން ވަޒީރުންނަށް ޚާއްސަކޮށްފައެވެ. އަދި ޚާރިޖީީ ދާއިރާގައި ސަފީރުންގެ ގޮތުގައި ހަރަކާތްތެރިވާ ސަފީރުންނަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވާގޮތަށް އައްޔަން ކުރެވޭ ބަޔަކަށްވެސް ހަދާފައެެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އަދި ގައުމު ބޮޑުވެގެންވާ ބޮޑުދެރުމަކުން ދެރުމުގެ ނާއާ ގައުމު މިނިވަންކަން ގެއްލުވާލުމުގެނަމޫނާޔާދީންބިކަވަމުންދާކަމުގެނަމޫނާޔާ ގައުމު ބޭރުމީހުނަށްދިނުމުގެނަމޫނާވެދްވަނީ.ސޯލިހުދައްކާފައެއްނު

Leave a Reply

Your email address will not be published. Required fields are marked *