އެމްޑީޕީގެ ގިނަ ބަޔަކު ހިމެނޭހެން، ވިލިނގިލީ 221 މީހަކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދުކޮށް، ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިރޭ ވިލިނގިލީގައި އޮތް ފޯރިގަދަ ޖަލްސާގައި މީގެ ތެރެއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށް، ޑރ.މުއިއްޒާއި ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ފޯމުތައް ހަވާލުކޮށްފައެވެ. މިބޭފުޅުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާން ބޭފުޅުންނާއި، ހިންގުންތެރިންނާއި ވިލިނގިލީގެ އިސްރަށްވެހިން ހިމެނެއެވެ.
ސޮއިކުރި މީހުންގެ ތެރޭގައި ފާއިތުވެދިޔަ 17 އަހަރު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި މީހުންވެސް ހިމެނެއެވެ. އަދި ބައެއް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މިބޭފުޅުން ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވިލިނގިލިން ސާފު މެޖޯރިޓީ ޑރ.މުއިއްޒަށް ހޯދާ ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށް ބުނެފައެވެ.
ޑރ.މުއިއްޒު ވަނީ ވިލިނގިލީގެ ރައްޔިތުން މިއިންތިޚާބުގައިި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީއަށް ނޫނެކޭ ބުނާނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގައި ވީހާވެސް ބޮޑަށް ކެމްޕޭން ހަރަކާތްތައް ފުޅާކޮށް ހިންގުމަށް މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.
މުއިއްޒު މިހާތަނަށް ވަޑައިގަންނަވާ ގިނަ ރަށްތަކުން ގިނަ ބަޔަކު ދަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅެމުންނެވެ.
One Response
މުއިއްޒުއަކީ ވަރައްކެރޭ އެހާމެ ހީވަަގި ލީޑަރެއް މިކަން ސާބިތުވާނެ ނިމިގެންދިޔަ އަޅުގަޑުމެންގެރައީސް އަބުދުއﷲ ޔާމީނުގެ ސަރުކާރުގަ ހިންގެވިބޮޑެތި މަޝްރޫއުތަކުންވެސް އެއީ ޑރ. ޟުއިއްޒުގެ މޭސްތިރިކަމުގަ ހިންގެވި މަޝްރޫއުތައް ރައީސް ޔާމީނުގެ ލަފާފުޅާއެކު ހިންގެވި މަޝްރޫއުތައް މުއިއްޒުއާޖެހިފަ އިބޫ ކިބުލަކައްވެ އޮންނަންޖެހޭނީ މޫދުގަ ދެންހުރީ ލާދީނީ މާރިޔާ ހަޔާތްކުޑަކަމުން މުއިއްޒުގެ ދެކަބަލުންނާ އަޅައިގަނެގެން ނެއްޓެންނޭގި އެބަތެޅެއެއްނުން އިންޑިޔާނުން އެހެން ގައުމަކުން އެންގިޔަސް ކަލޭމެންދެން ފެއިލުވެފަތިތިބީ ޖެހޭނީ މަގާމުދޫކޮއްދާންދިވެހިރައްޔިތުން މުއިއްޒުހޮވާނީ އެއްބުރުން