ހުލުމާލެއިން ގެއްލިގެން އިއްޔެ ފުލުހުން ހޯދި މީހާ ފެނިއްޖެއެވެ. ފުލުންކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ފުލުހުން ހޯދަންފެށި ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ފެނުނީ މާލެއިން ކަމަށާއި އޭނާ ފެނުނު އިރު ހާލު ރަގަޅު ކަމުގައެވެ.
މުޙައްމަދު ތަޢުފީޤުގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޮގަސްޓް 26 ވަނަ ދުވަހުގެ 01:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާ ހޯދަމުންދާކަމަށް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމުގައެވެ.
މުޙައްމަދު ތަޢުފީޤުގެ ގެއްލުނު ސަބަބަބާއި އަދި އޭނާ ފުނުނު ގޮތަކާއި ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ