މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ ބޯހިޔާ ކަމުގެ މައްސަލައަށާއި، މަގުތަކުގެ މައްސަލައިގެ އިތުރުން ޕާކިންގެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައި ދެއްވާނެކަމަށް ޕީއެންސީީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި މާލެ ސިޓީގައި ނަޔާ ކާމިނީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވޯޓު ހޯދުމަށް ރައްޔިތުންގެ ކައިރިއަށް ދިއުމުން ރައްޔިތުންގެ އުންމީދުތައް ވަރަށް ރަނގަޅަށް ސާފު ވިކަމަށެވެ. މަޤާމާއި ހަވާލުވި ދުވަހުން ފެށިގެން ރައްޔިތުން އެދުނު ގޮތަށް ކަންކަން ހައްލު ކުރުމަށް ސަރުކާރުގައި އެދުނު ނަމަވެސް އެއްވެސް އެއްބާރުލުމެއް ނުދެއްވިކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ހުރި މައްސަލަތަކުގެ ތެރެއިން ބޯހިޔާ ވަހިކަމުގެ މައްސަލައަކީ ވެރިކަމާއި ހަވާލުވާ ދުވަހުން ފެށިގެން އެންމެ އިސްކަން ދެއްވައިގެން ކުރާނެ މަސައްކަތް ކަމުގައެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެކައުންސިލާއި ހަވާލުއިރު މަގު ހެދުމުގެ ބަޖެޓް ހަމަޖެހި މަޝްރޫއު އޮތީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ކަމަށެވެ. އެގޮތުން 400 މިލިޔަން ރުފިޔާގެ ބަޖެޓަކާއި އެކު މަސައްކަތް ހަވާލުކުރިތާ ކުޑަ ދުވަސްކޮޅެއް ތެރޭ ބަޖެޓް ގެންގޮސް މަސައްކަތް ސަރުކާރުން ނެންގެވީކަމަށެވެ.
މިމަސައްކަތުގެ ތެރެއިން މާލޭގައި ތަރައްޤީ ކުރަންފެށި އަމީނީ މަގު ދެގުނަ ބައި ބޮޑު އަގެއްގައި ފެށިނަމަވެސް މަސައްކަތް ފެނުނީ ދެގުނަ ލަސްކޮށް ކުރިއަށްދާ ތަން ކަމަށެވެ. މިމަސައްކަތަށް ބޮޑު އަގެއް ހަމަޖެއްސިއިރު ޑިޒައިނަކަށްވެސް ބަދަލެއް ނާދޭ ކަމަށް މުއއިްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން އެދޭގޮތަށް މާލޭގެ މަގުތައް ހެދުމަކީ ކޮށްދޭނެ ކަމެއް ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ތެރެއިނން ތާރު އަޅަންޖެހޭ މަގުތަކުގައި ތާރު އަޅައި ހަނި ގޯޅިތަކުގައި އަލުން ގާއަތުރައި މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހަދާ ދޭނެކަމަށެވެ. މީގެ އިތުން މާލޭގެ ޕާކިންއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނު ނަމަވެސް އެއްބާރުލުން ނުދިނުމުން އެކަންވެސް ނުކުރެވި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މާލޭގައި އޮތް ޕާކިންގެ މައްސަލަތަކާއި، ގަރާޖު ސިޓީއަށް ސަލާންޖަހަން ޖެހުން ނިމުމަކަށް ގެނެސް ދެއްވާނެކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހުރިހާ ކަމެއް ކޮށްދެއްވާނީ މާލޭގެ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ފުރުސަތު ރައްޔިތުން ދެއްވައިފިނަމަ މުޅި ރާއްޖޭގެ ރައްޔިތުންގެ އަޑު އަހާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގެ ހުރިހާ ރަށެއް ހިމެނޭހެން ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ. މުއިއްޒު ވަނީ ރައްޔިތުން އެދޭ ބަދަލު ގެނެސް ދިނުމަށް ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ބުރަކޮށް މަސައްކަތްކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
One Response
ހައުސިންގ މިނިސްޓަރު ކަމުގައި ހުރި އިރު ތި މުއިއްޒު ހެދި މަގުތަކުގައި އޮންނަނީ ސްވިމިންގ ޕޫލް، ގާކޮށި އަދި އަރަބިއްޔާއިން ފްލެޓް ލިބުނުކިތައް މީހުންގެ ފްލެޓްބާ ޔާމީނު އާއި ކަދުރު ފާތުމަގެ އޯޑަރަށް ތި މުއިއްޒުކާލީ.. ޕާރކް ކުރާނެތައް އޭރުނުދެއްކުން، ނިކަމެތިންގެ ކިތައް ވަހިކަލްގަ ތޯ ތި މުއިއްޒު ސްޓިކާ ހަރުކޮށް ލާރި ނެގީ