ރައްޔިތުންގެ ޓެކްސް ފައިސާއާއި އިޤްތިޞާދުން ލިބޭ ޢާމްދަނީ ބޭނުން ކުރާނީ ރައްޔިތުންގެ ތަރައްޤީއަށް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ނ.ވެލިދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރުން ދިވެހި ރައޔްިތުންގެ ޓެކްސް ފައިސާއާއި، ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ބޭކާރު ގޮތުގައި އިސްރާފުކުރުން ނޫންކަމެއް މިވީ ފަސް އަހަރުގެ ތެރޭގައި ކޮށްފައި ނުވާކަމަށެވެ. ރަށްރަށުގައި ހިންގާ ތަރައްޤީގެ ގނަ މަޝްރޫޢުތައްވެސް ރައްޔިތުންގެ ލޮލުގައި އިންތިޚާބު ތަކާއި ދިމާކޮށް އަޅުވާ އަނދުނަކަށް ނޫންގޮތަކަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށެވެ.
މުއިއްޒި ވިދާޅުވީ އިސްރާފު ކުރުން ހުއްޓާލައި ރައްޔިތުންގެ ޓެކްސް ފައިސާގެ އަދި އިޤްތިޞާދުން ލިބޭ އާމްދަނީ ބޭނުން ކުރާނީ ރައްޔިތުންގެ ތަރައްޤީއާއި ކަންކަމަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެއްވެސް ރައްޔިތަކު ތަފާތު ނޮކޮށް ރައްޔިތުންގެ މާލީ ތަނަވަސްކަމާއި އުމްރާނީ ތަރައްޤީ ގެނެސް ދެއްވުމަކީ ކުރައްވާނެ ކަންތައް ތަކެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ މިރޭގެ ޖަލްސާގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނަށް ވަޒީފާގެ ބިރަށް ފަސް ނުޖެހި މިއޮތް 15 ދުވަހުގެ ތެރޭގައި ސާބިތު ކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ ވަޒީފާގެ ބިރު ދައްކައި ވަޒީފާއިން ވަކި ކުރާނަމަ އޭގެ ބަދަލު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
އެއްގޮތަކަށްވެސް ކަންބޮޑުވާކަށް ނުޖެހޭ، އެއްވެސް ވަޒީފާއަކުން ބާކީވިޔަކަ ނުދޭނަން. ހަމަ އެ މުސާރާގައި ނުވަތަ އަޅުގަނޑުމެންގެ އިޤްތިޞާދު ތަންދޭ މިންވަރަކުން އެއަށްވުރެ ރަނގަޅު މުސާރައެއްވެސް ދީގެން ވަޒީފާ ހަމަޖައްސަ ދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ މިޖަލްސާގައި މަސްތުވާތަކެތީގެ މައްސަލައަކީ ހައްލު ނުުކުރެވި އޮތް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ އެކަން ހައްލު ކުރުމުގައި މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ މިމައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ދެމުންދާ ޑްރަގް ރިހިބިލިޓޭޝަން ދޭ ފެންވަރު ރަނގަޅުކޮށް، އިސްލާމީ މިންގަނޑުގެ ތެރެއިން ޕްރޮފެޝަނަލް ފަރުވާތަކެއް މުޅި ރާއްޖޭގައި ދެވޭނެ އިންތިޒާމު ގާއިމް ކުރައްވާނެ ކަމަށެވެ.
PPM PNC Riyaasee Candidate Dr Mohamed Muizzu N.Velidhoo Rayyithunnaa badhdhalu kurevvun @MMuizzu#Vote4Muizzu #DrMuizzuSembe#DhiveheengeRaajje #FreePresidentYameen pic.twitter.com/Kt5FAtRO2c
— Progressive Party of Maldives (@ProgressPartyMV) August 24, 2023
އަދި ޑްރަގު ކޯޓުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލު ގެނެސް ހައްލު ހޯދައި ދޭނެކަމަށެވެ. ހަމަ އެހެންމެ ބޭލް ޤާނޫނެއް ތަޢާރަފްކޮށް ފުރިހަމަ މަންފާ ލިބޭ ގޮތަށް ހުށަހަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ