ރައީސް ޔާމީން ދިގުވެލިދޫގައި އަޅަން ވައުދުވި އެއާޕޯޓް އަޅައި ދޭނަން: ޑރ. މުއިއްޒު

ރައީސް ޔާމީން ދިގުވެލިދޫގައި އަޅަން ވައުދުވި އެއާޕޯޓް އަޅައި ދޭނަން: ޑރ. މުއިއްޒު

ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި ޕީޕީއެމްގެ ރައީސް ޔާމީން ށ. ދިގުވެލިދޫގައި އެއާޕޯޓު އަޅައި ދެއްވާނެ ވެވަޑައިގެންފައިވާ ވައުދު ފުއްދަވާ ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް ޔާމީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތެރޭގައި އެ ދާއިރާ އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދެކެވެ. އެ ކަން ކުރައްވާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށްވެސް އެ ފަހަރު ޔާމީން ވަނީ ވިދާޅުވެފައެވެ. ށ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ކުރައްވާ ރިޔާސީ ކެމްޕެއިންގައި ކޮމަންޑު އަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރަހައްދުގައި އެއާޕޯޓެއް އޮތުމަކީ ޖިއޯގްރަފިކަލީ ރަށްތައް ބެހިފައިވާ ގޮތަށް ބެލިކަމުގައި ވިޔަސް މުހިންމު ކަމެއް ކަމަށެވެ.

އަޅުގަނޑު ދޭ ޔަގީންކަމަކީ އެ ދިގުވެލިދޫ އެއާޕޯޓުގެ މަޝްރޫއު އަދި އެއާއެކީ ޓޫރިޒަމް ގެނައުމުގެ ޕްލޭނަކާ އެކީ އެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނަން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިޝާރާތް ކުރެއްވީ ޔާމީން އެ ވައުދުވެވަޑެންނެވި ފަހުން އެ ރަށުގައި ރިސޯޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވުމަށެވެ. ކޮމަންޑޫ ކައިރިން ގުޅިފައި އޮތް ތިން ރަށް ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް ނުވަތަ ދިގުވެލިދޫގައި ރިސޯޓު ހެދުމުގެ މަޝްރޫއު ކޯޓުން އޮތީ މަޑުޖައްސައިފައެވެ.

ކޮމަންޑޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ސްޕީޑް ލަސްވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ އެ މަސައްކަތް ހިނގަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ނޫން ކަަމަށާއި ރައްޔިތުން ބޭނުންވަނީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމައި ބިމުގެ ބޭނުން ހިފޭނެ ގޮތް ހެދުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއް ވެސް ސްލޯ ކަމަށެވެ. އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ހިއްކައި އޮގަސްޓްގެ ނިޔަލަށް ނިންމާނެ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ނިމިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *