އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރު ނާޖައިޒު ގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް އެގޮތަށް ވިދާޅުވީ ވ. އާރަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާފައިވާ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި ކުރިއަށްދިޔަ ނަމަވެސް، އެ މައްސަލަ އަދި ނިމުމަކާ ހަމައަށް ނާދެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުގައި ބ. ކުޑަރިކިލު އަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ލީމަ، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާއެއް ވެސް ނުހުންނާނެ ކަމަށެވެ.
"ދެން އެކަންތައްތައް ކޯޓުން ބެލީމަ މި ބުނަނީ ދޫކޮށްލާށޭ. ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑު؟ ކޯޓުތައް މިނިވަންކަމާ އެކީގައި މަސައްކަތް ކުރަނީ. އެބޭފުޅުންގެ ޕްރޮސެސް އަށް އަޅުގަނޑު ފުރުސަތު ދޭން ޖެހޭ. ޖާގަ ދޭން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ފޯރުވާން ބޭނުން ނުވާ ކަމަށެވެ. އަދި މިނިވަންކަމާ އެކީގައި އެކަން ކުރެވެން ޖެހޭނެ ކަމަށާއި އެއީ ހެޔޮ ވެރިކަމެއްގެ އެއް ސިފަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވެރިއަކަށް ހުންނަ މީހަކަށް ހުރޭ ވަރަށް ބައިވަރު ބާރުތައް ދީފައި. ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެ ނަމަ، ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު އެކަންޏެއް ނޫން ނެގޭނީ. އެއްފަހަރާ ސުޕްރީމް ކޯޓާއި ހައި ކޯޓާ ހުރިހާ ފުރާޅެއްގެ ޓިނު ނެގިދާނެ،" ރައީސް ވިދާޅުވިއެވެ.
"އެއީ އެކަމަކު، އެ ބާރު ބޭނުންކޮށްފިއްޔާ."
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރު ނާޖައިޒު ގޮތުގައި ބޭނުން ކުރައްވާނެ ބޭފުޅެއް ނޫނެވެ. އަދި ވެރިކަން ލިބިވަޑައިގަތީމަ، ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ ހިތު ހުރި ގޮތަކަށް ބޭނުން ކުރަން އޮތް އެއްޗަކަށް ވާ ނަމަ، ގައުމު ވެއްޓިގެންދާނީ ހަމަނުޖެހުމެއްގެ ތެރެއަށް ކަމަށާއި މިއަދު މި ފެންނަ ހަމަޖެހުމަކީ އެކަން އެގޮތަށް ނުހިނގާތީ ފެންނަ ހަމަޖެހުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ