"ޗަލެޔާ" މީ ޝާހު އާއި ނަޔަންތާރާގެ ލޯބި

"ޗަލެޔާ" މީ ޝާހު އާއި ނަޔަންތާރާގެ ލޯބި

އަންނަ މަހު ރިލީޒްކުމަށް ތާވަލް ކޮށްފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އިން ހިތްގައިމު، އަދި އެހާމެ ލޯބި ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ފިލްމް ގެ ފުރަތަމަ ލަވައެއްގެ ގޮތުގައި ދައްކައިލައިފައިވާ ވަނީ  "ޒިންދާ ބަންދާ" ކިޔާ ވަރަށް ފޯރިގަދަ ނެށުނަތަކެއް ހިމެނޭ ވަރަށް ފޯރިގަދަ ލަވައެކެވެ.  "ޒިންދާ ބަންދާ"  ފަހު ދޫކޮށްލި ދެވަނަ ލަވަ އަކީ ޝާހްރުކާއި ބަތަލާ ނަޔަންތަރާގެ ލޯބި ދައްކުވައިދޭ "ޗަލެޔާ" އެވެ.

ޝާހު އާއި ނަޔަންތަރާގެ ލޯބި އޭގެ އެންމެ ފުރިހަމަ އިހުސާސް އާއި އެކުގައި ދައްކުވައިދޭ މި މަޑުމައިތިރި ލޯބީގެ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝިލްޕާ ރާއޯ އެވެ. އަނިރުދުގެ މިއުޒިކަށް ކުމާރު ޅެން ހެދި "ޗަލެޔާ" ގެ ކޮރިއޯ ހަދާފައި ވަނީ ޝާހްރުކްގެ އެތެއް ފިލްމެއްގެ ލަވަތަކެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާނެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖަވާން" އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާކުރާ އެއް ފިލްމެވެ.  "ޖަވާން" އަކީ ބޮލީވުޑާއި ދެކުނު އިންޑިއާގެ ކާސްޓެއް އެކުލެވޭ ފިލްމެކެވެ.

"ޖަވާން" ގައި ޝާހްރުކްގެ ޑަބަލް ރޯލެއް ފެނިގެން ދާނެ އެވެ. މީއީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ އެކްޝަން ތުރިލާއެކެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. ދެފަހަރެއްގެ މަތިން ފިލްމް އަޅުވާ ދުވަސް ބަދަލު ކޮށްފައިވާ މި ފިލްމް އަކީ ލީޑުން ޝާހުރުކް އާއި ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ފެނިގެންދާ ފިލްމްއެކެވެ. މި ފިލްމް އަކީ ނަޔަންތަރާގެ ބޮލީވުޑް ޑެބިއު ވެސް މެއެވެ.

"ޖަވާން" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *