މާފުށީ ގޯތި ލިސްޓު އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލައިފި

މާފުށީ ގޯތި ލިސްޓު އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކ. މާފުށިން ދޫކުރާ ބަންޑާރަ ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާނުކޮށް، ޝަކުވާ ހުށަހެޅުމަށް މިރޭ ހުޅުވާލައިފިއެވެ.

މާފުށީ ފަޅުން އަލަށް ހިއްކި "އާ މާފުށިން" ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ގޯއްޗެވެ. އެ ގޯތިތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ނަންތައް މިރޭ ގެޒެޓު ކޮށްފައިވާއިރު، އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެއެވެ.

މާފުށިން ގޯއްޗަށް ހުޅުވާލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅެވެ. ލިސްޓު ނެރުނު އިރު، އެ ލިސްޓުގައި މުޅިން ހެން ތިބީ މާފުށީގެ ރަޖިސްޓްރީގައި ހިމެނޭ ރައްޔިތުންނެވެ.

މާފުށިން ގޯތި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް އެ ރަށުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ގިނަ އިން ލިބޭ ގޮތަށެވެ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓު ކަނޑައަޅާފައިވެއެވެ. އުސޫލު އޮތީ މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ، އެ ރަށު ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށެވެ.

މީގެއިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުމާއި އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން ޝަރުތުކޮށްފައިވެއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިއްކާފައިވާ 25 ހެކްޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *