އިންޑިއަން ސުޕަ ލީގުގައި ބެންގަލޫރު އެފްސީން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ލީގުގެ ފުރަތަމަ މޮޅު ބެންގަލޫރުން ހޯދީ ޗެންނާއި އެފްސީއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނިލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. އިންޑިއަން ސުޕަ ލީގު ރޭ ޗެންނައިއިން އަތުން ހޯދި މޮޅު އެއީ ބެންގަލޫރު އެފްސީގެ ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުންވެސް އެ ޓީމުވަނީ އެއްވަރު ވެފައެވެ.
ޗެންނައިއަން އެފްސީ އަތުން ހޯދި މޮޅާއެކު ބެންގަލޫރުވަނީ ޓޭބަލްގެ ހަތަރުވަނަ މަގާމަށް ކުރިއަށް ޖެހިފަ އެވެ. ޓޭބަލްގެ އެއްވަނައިގަ ކުޅުނު ތިން މެޗުންވެސް މޮޅުވެގެން އޮތީ އޭޓީކޭ މޯހަން ބަގާން އެވެ.
ކޮމެންޓު ފޮނުވާ