ޖަގަހަ ރޯކޮށްލުމުން ރައީސް ޞާލިހުގެ ޖަލްސާ ބޭއްވީ މަޑަވެލީ ގަސްދޮށުގައި!

ޖަގަހަ ރޯކޮށްލުމުން ރައީސް ޞާލިހުގެ ޖަލްސާ ބޭއްވީ މަޑަވެލީ ގަސްދޮށުގައި!

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2023 11:44
0

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކެމްޕެއިން ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލުމުން ޖަލްސާ މަޑަވެލީ ބަނދަރުމަތީގެ ގަސްދޮށުގައި ބާއްވައިފިއެވެ.

ރައީސްގެ ކެމްޕެއިންގައި ގއ އަދި ގދ ކުރައްވާ ދަތުރުފުޅު ފެއްޓެވީ މިއަދުއެވެ. ފުރަތަމަ ވަޑައިގެންނެވީ މަޑަވެއްޔަށެވެ. އެރަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

އެރަށުގައި ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ބަޔަކު ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފައެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްކަމަށް އެނގިފައިވެއެވެ.

ފުލުހުން ވިދާޅުވީ އަލިފާން ނިންވާލީ އާއްމުންނާއި ފުލުހުން ގުޅިގެންކަމަށެވެ. މި މައްސަލަ ފުލުހުން ތަހުޤީގުކުރަމުން އަންނަކަމަށާއި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

a aisha
މި ސަރުކާރުގެ ފުލެޓް ލިސްޓް ބަލާލިއިރު އެންމެ ގިނައިން ލިބިފަހުރީ މަޑެވެލި މީހުންނަށް