ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭން ނިންމައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން މިއަދު ގެޒެޓުކޮށްފިއެވެ.
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ.
ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރައްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު 22 އޯގަސްޓް 2023 ގެ ނިޔަލަށްވަނީ ހުޅުވާލާފައި.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުންhttps://t.co/Vxhvida1qP
— Min.of National Planning, Housing & Infrastructure (@MoNPHImv) August 8, 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1200 އެޕާޓުމެންޓާއި ތިން ކޮޓަރީގެ 2800 އެޕާޓުމެންޓެވެ.
މިއަދު އިއުލާނު ކުރި ލިސްޓުގައި ހައުސިން މިނިސްޓަރީން ވަނީ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފްލެޓު ދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.
މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 4000 ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅިއެވެ.
ކޮމެންޓު ފޮނުވާ