ކުޑަހުވަދޫގައި ރައީސާއި ދެކޮޅަށް ޝުޢޫރުފާޅުކުރި ޑިމޮކްރެޓްސްގެ މީހަކު ހައްޔަރުކޮށްފި

ކުޑަހުވަދޫގައި ރައީސާއި ދެކޮޅަށް ޝުޢޫރުފާޅުކުރި ޑިމޮކްރެޓްސްގެ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 10:53
0

ކުޑަހުވަދޫގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅަށް ޝުޢޫރުފާޅުކުރި ޑިމޮކްރެޓްސްގެ މީހަކު ހައްޔަރުކޮށްފިއެވެ.

މިރޭ ރައީސް ޞާލިހާއި، އެމަނިކުފާނުގެ ކެމްޕޭން ޓީމުން ކުޑަހުވަދޫގައި ޖަލްސާ ބާއްވަމުން ދަނިކޮށް ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެމްބަރު އަހުމަދު މައުރޫފް ވަނީ އޭނާގެ ގޭގައި ލައުޑް ސްޕީކަރު ބަހައްޓައިގެން ރައީސް ޞާލިހާއިި މިސަރުކާރާއި ދެކޮޅަށް ޝޫއޫރު ފާޅުކޮށްފައެވެ.

އެމްޑީޕީން ކުރިއަށްދިޔަ ކޯލިޝަން ޖަލްސާއަށް އަޑުއިވޭ ހިސާބުގައި ހުރި އޭނާގެ ގޭގައި ހުރެގެން ޝުއޫރު ފާޅު ކުރުމުގާއި ގުޅިގެން ފުލުހުންގެ ވެހިކަލެއްގައި ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ގެއަށްވަދެ އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ޑިމޮކްރެޓްގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެޕާޓީގެ އިންޓަރިމް ކައުންސިލް މެމްބަރު މައުރޫފް ޝުއޫރު ފާޅުކޮށްގެން ހައްޔަރު ކުރުމަކީ ރައީސް ޞާލިހުގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއްކަމަށެވެ.

ޑިމޮކްރެޓްސް އިންވަނީ އޭނާ ވަގުތުން ދޫކޮށްލަން ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.