ޖުމުހޫރީ މައިދާން ސަރަަހައްދުގައި ގޮވާ އެއްޗެއްކަމަށް ޝައްކު ކުރެވޭ އެއްޗެއް އޮވެގެން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޝައްކު ކުރެވިފައިވަނީ ދަބަހެއް ހިފައިގެން ޖުމުހޫރީ މައިދާން ސަރަހައްދުގައި އޮތް މީހެއްގެ ދަބަހުން ގޮވާއެއްޗެއްކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ކަމަށާއި، ސިފައިން އަމަލު ކޮށްފައިވަނީ ޝައްކު ކުރެވޭ އެފަދަ އެއް ފެނުމުން އަމަލު ކުރަންޖެހޭ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެހެންނަމަވެސް ބަލާ ފާސުކުރިއިރު އެފަދަ އެއްވެސް އެޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދުތަކުން ގޮވާތަކެތިކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި ފެނިގެން އެމްއެންޑީއެފްއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ