މިނިވަން ދުވަހަށް ދިރާގުގެ "މިނިވަން އުފާ އެޑް-އޮން" ޕްރޮމޯޝަނެއް

މިނިވަން ދުވަހަށް ދިރާގުގެ "މިނިވަން އުފާ އެޑް-އޮން" ޕްރޮމޯޝަނެއް

Author
އަޒްފާ ރަޝީދު
25 ޖުލައި 2023 06:40
0

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓް ކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެއެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ތިރީގައިވާ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓް ކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެއެވެ.

  • ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
  • ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މި ލިމިޓެޑް އޮފާތައް ކުރިއަށްދާނީ 20 ޖުލައިން ފެށިގެން 31 ޖުލައި 2023ގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް ‘UNL’ ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.