ގޭސް ފުޅިއެއް ގޮވައި އަންހެނެއްގެ މޫނު ފިހި، ފަރުވާދެނީ

ގޭސް ފުޅިއެއް ގޮވައި އަންހެނެއްގެ މޫނު ފިހި، ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 11:04
0

މާލެ ގެއެއްގެ ތެރޭގައި "ގޭސް އެކްސްޕްލޯޝަނެއް" ހިނގާ އަންހެނަކު ފިހިގެން އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މ. ދިލީވިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާގައި އަންހެނަކު ވަނީ ފިހިފައެވެ. އެމީހާގެ މޫނު ވަނީ ފިހިފައި ކަމަށާއި، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.