ކާމިޔާބު ލިބޭނީ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތަށް: ޑރ.އިޔާޒު

ކާމިޔާބު ލިބޭނީ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތަށް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2023 01:39
0

ކާމިޔާބު ލިބޭނީ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތަށް ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޝައިޚު އިޔާޒު މިހެން ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުން ރައްޔިތުންނާއި ގައުމު ސަލާމަތްކުރަން ކުރި މަސައްކަތަށް ސިޔާސީ ފަރާތްތަކުން އެތައް އުނދަގުލަކާއި ޖެއްސުމެއް ކުރިމަތިކުރި ކަމަށާއި ރިސޯޓްތަކުގެ ބަދިގޭގައި މަސްކައްކާށޭ ވެސް ގޮވަމުން ދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެ މިއަދު ހޯރަފުށީގައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

ޝައިޚު އިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ބޭނުންވާ ކާމިޔާވީތައް ހާސިލް ކުރުމަށް ހިންގާފައިވާ ޖަރީމާތަކުގައި މަތި އަޅަން އުޅުނަސް އެކަމެއް ނުވާނެކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ކޮސްގޮވައި ހެދޭ ނެހެދޭ ގޮތެއް ނޭގިގެން އުޅޭތަން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމެއްނެތި އެބައިމީހުންގެ ލީޑަރާއި ގުޅިގެން ހިންގާފައިވާ ޖަރީމާތައް މަތިއަޅަން ވެރިކަމަށް އަންނަން ބޭނުންވީމާ އެކަހަލަ ކިތަންމެ ކޮހެއްވެސް ގޮވާފައި ހުންނާނެ. އަދި ގޮވަންވެސް ގޮވާނެ. ކާމިޔާބު ލިބޭނީ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތަށް.

– އިޔާޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑާ އެކު ޓޫރިޒަމް ހަލާކުވެދިޔަ ކަމަށް ވެސް ބުނަމުން ދިޔަ އެވެ. މި ރާއްޖެ އަށް އަންނާނެ ޓޫރިސްޓަކު ވެސް ނުވާނެ ކަމަށް ސިޔާސީ މީހުން ބުނަމުން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އަޅަމުން އައި ފިޔަވަޅުތަކާ އެކު މި ކުރިއެރުން ރާއްޖެ އަންނާނެ ކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ފިޔަވަޅު ނޭޅުމާއި ކޮވިޑް މެނޭޖްކުރި ގޮތުން ގައުމުތަކަށް ދިމާވި ގޮތް އަދިވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ގައުމުތަކުން ކަން ކުރި ގޮތަށް ކޮވިޑުގައި މަޝްރޫއުތައް ހުއްޓާނުލުމުން ފައިދާ ވި ކަމަށާއި އެހެން ގައުމުތަކަށް އަދިވެސް ދަތިކަމުން އަރައިނުގަނެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.