މަޖިލީހުގެ މެމްބަރުންގެ ޢަދަދު ހިފެއްޓުމަށް ގާނޫނުއަސާސީ އިސްލާހު ހުށަހަޅާނަން: ނާޒިމް

މަޖިލީހުގެ މެމްބަރުންގެ ޢަދަދު ހިފެއްޓުމަށް ގާނޫނުއަސާސީ އިސްލާހު ހުށަހަޅާނަން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅިގެންދަނީ، އާބާދީގެ ނިސްބަތަށް ބަލައި، އަންނަ ބަދަލުތަކުގެ މައްޗަށެވެ. ޤާނޫނު އަސާސީގައި ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިޚާބު ކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މަޖިލީހުގެ 2024 ވަނަ އަހަރަށް މެމްބަރުން އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށް ނާޒިމް ވިދާޅުވީ އެކަމަކީ އެއްގޮތަަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށާއި، މިކަމަށް ނިމުމެއް ގެނައުމަށްޓަކާ މަޖިލީހުގެ ދެންފެށޭ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް އެ ޕާޓީން ހުށަހަޅާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތައް އޮންނަ އޮތުމަކީ އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން. މިކަމަށް ނިމުމެއް ގެނައުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ދެންފެށޭ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް MNP އިން ހުށަހަޅާނަން.

– ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ. ނަމަވެސް، އަލަށް އިތުރުވާ ދާއިރާތަކާ އެކު، މަޖިލީހުގައި 93 މެމްބަރުން ތިބޭނެ އެވެ. މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ. މެމްބަރުންނަށް މުސާރަ އާއި އެލަވަންސްތަކާއެކު މަހަކު ގާތްގަނޑަކަށް 80،000ރ. ލިބެ އެވެ. އެހެންވެ، އާ ދާއިރާތަކާއެކު މެމްބަރުންގެ މުސާރައަށް މަހަކު 7.4 މިލިއަނަށް ވުރެ ރުފިޔާ ހަރަދުވާނެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭމަހުގެ 30 އަށެވެ. ރައްޔިތުންގެ މަޖިލީހަށް ދައުރަކަށްފަހު ދައުރެއްގައި މެމްބަރުން އިތުރުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މި މައްސަލައަށް ހައްލު ގެނައުމަށް މިހިނގާ 19 ވަނަ މަޖިލީހަށްވެސް ހުށަހެޅި މައްސަލަ ކުރިއަށްދާ ގޮތެއް ނުވެއެވެ. މަޖިލީހުގެ ދާއިރާތަށް އިތުރުވާ އިތުރުވުމަށް ހައްލު ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *