އާމްދަނީ ދެގުނަވިޔަސް ތަކެތީގެ އަގުބޮޑުވާނަމަ އޭގެ ބޭނުމެއް ނެތް: އަލީ ހުސައިން

އާމްދަނީ ދެގުނަވިޔަސް ތަކެތީގެ އަގުބޮޑުވާނަމަ އޭގެ ބޭނުމެއް ނެތް: އަލީ ހުސައިން

Author
އަޒްފާ ރަޝީދު
17 ޖުލައި 2023 05:48
0

ޖުމްލަ އާމްދަނީ ދެގުނަވިޔަސް ތަކެތީގެ އަގުބޮޑުވާނަމަ އޭގެ ބޭނުމެއް ނެތްކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ މ އަތޮޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ މުލީގައި ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ މުޅި ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއްކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ އިގުތިޟާދު ކުރިއަރައި އާމްދަނީ ދެ ގުނަވުންކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުދުންތެރި އަދި މިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ކައިރިން ލިބޭކަން ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައިސްގެ މިވާހަކަފުޅުތަކާއި ގުޅިގެން ޢަލީ ވިދާޅުވެފައިވަނީ ޖުމްލަ ޢާމްދަނީ ދެގުނަ ވިޔަސް ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ދެގުނަވެ، ޢާންމު ރައްޔިތު މީހާ އިތުރަށް ފަޤީރުވާނަމަ އޭގެ ބޭނުމެއް ނެތް ކަމަށެވެ.

ތަކެތީގެ އަގު ބޮޑު ނުވާކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެންވެސް ސަރުކާރާއި ދެކޮޅު ގިނަ ފަރާތްތަކުން އަންނަނީ ރައީސްގެ އެ ވާހަކަފުޅަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.