ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

ގުޅުންހުރި

ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާމިނަތު އައްބާސް އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނި ކޮށެވެ. އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އާމިނަތު އައްބާސްއަކީ ޅެންވެރިކަމަށް ޚާއްސަ ޝައުގުވެރިކަމެއް ގެންގުޅުއްވި ބޭކަނބަލެކެވެ. މިގޮތުން ޅެން ހެއްދެވުމުގެ އިތުރުން އޭނާވަނީ ޅެންވެރިކަން ދަސްކޮށްދެެއްވުމަށްވެސް ގިނަގުނަ މަސައްކަތަކެއް ކުރައްވާފައެވެ.

އަދި އޭނާވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނަވާ، ޅެންވެރިކަން ދަސްކޮށްދެއްވުމަށް ކޯސްތައްވެސް ކުރިޔަށް ގެންދަވާފައެވެ. މިގޮތުން އާމިނަތު އައްބާސްވަނީ، ދިވެހި ނާދީއާއި، ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް ހިންގަވާ، ޅެންވެރިކަން ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ހިންގެވި ދުވަސްވަރި، ޅެންވެރިކަން ދަސްކޮށްދޭ 5 ކޯހެއް އޭނާ ހިންގަވާފައި ވެއެވެ.

އޭގެ އިތުރުން، ޅެންހެދުމުގެ ބައެއް މުބާރާތްތައް ކުރިޔަށް ގެންދެވުމާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންޞާފު ކޮށްދެއްވުމުގެ މަސައްކަތްވެސް އޭނާވަނީ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދަވާފައެވެ.

އާމިނަތު އައްބާސްވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއްވެސް ހާސިލް ކުރައްވާފައެވެ. މިގޮތުން، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ އޭނާ ހޯއްދަވާފައި ވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަވެސް ހޯއްދަވާ، އޭނާވަނީ، ޤައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އަވަހާރަވުންް އެއީީ ކޮންފަރާތަކަށްް ބޭނުންް ކުރެވޭެ ބަހެއް

Leave a Reply

Your email address will not be published. Required fields are marked *