ފްލެޓުތަކުގެ މަސައްކަތް ކުރާ އިންޑިއާގެ މުވައްޒަފުން ހަޅުތާލުކޮށްފި

ފްލެޓުތަކުގެ މަސައްކަތް ކުރާ އިންޑިއާގެ މުވައްޒަފުން ހަޅުތާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 12:12
0

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން ތަަރައްގީކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކޮށްފިއެވެ.

އެމީހުން ވަނީ މިއަދޔު ހަވީރާއި މިރޭވެސް ހަޅުތާލުކޮށްފައެވެ. ހަޅުތާލަ ކުރާ ސަބަބެއް ކަމުގައި އެމީހުން ބުނަނީ އެއީ އެ މީހުންގެ ކެއިިން ބުއިމުގެ ކަންކަން ގޯސްވުމުންނެވެ.

އެނގިފައިވާ ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ހުއްޓާލައިގެން އެ މީހުން އެހެން ތިބޭތާ މިހާރު ތިންހަތަރު ދުވަސް ވެއްޖެއެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް މި ރޭ އިރުއޮއްސުނު އިރު ހަރަކާތްތެރިވިއެވެ.

މި ސަރުކާރުން ފެށި ފްލެޓް މަޝްރޫއުގެ ތެރެއިން 2،000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެވެ. އަދި އަނެއް 2،000 ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެގައުމުގެ ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.