ދޫނިދޫ ބަދަލު ކުރަންވީ ރިސޯޓަކަށް، ޔާމީން ޖަލުގައި އޮންނަން ތާއީދެއްނޫން: އަލީ ވަހީދު

ދޫނިދޫ ބަދަލު ކުރަންވީ ރިސޯޓަކަށް، ޔާމީން ޖަލުގައި އޮންނަން ތާއީދެއްނޫން: އަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 03:08
0

ރާއްޖޭގެ ސިޔާސީ ކަންކަމުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ދޫނިދުއަކީ ސިޔާސީ މީހުން ހައްޔަރުކޮށް ބަންދު ކުރާ ޖަލަކަށް ނުހަދައި ރިސޯޓަކަށް ހަދަން ޖެހޭކަމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު ރާއްޖެ އިން ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އަލީ ވަހީދު މިއަދު ރާއްޖެ އަންނަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެނައުމުންނެވެ.

މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމުގެ ކުރިން އޭނާ އިނގިރޭސި ވިލާތުގައިި ހުންނަވަނިކޮށް ގުޅައި ހާލުކޮޅު ބައްލަވައި، އުފުލާފައިވާ ދައުވާތަކަކީ އުފުލެންޖެހޭ ދައުވާތަކެއް ނޫންކަމަށް ވިދާޅުވިކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ޖަލުގައި އޮންނަން ޖެހޭ ބޭފުޅެއް ކަމަށް ގަބޫލު ނުކުރާކަމަށެވެ.

އަޅުގަނޑުމެން އެބަޖެހޭ މިފެންނަ ދޫނިދޫ ރިސޯޓަކަށް ބަދަލު ކުރަން. އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ސިޔާސީ ބަޔަކު ވެރިކަމަށް އައިސް ވާދަވެރިން ޖަލަށް ލައިގެން އުޅޭތަން. މިއީ އަޅުގަނޑުމެން ބަދަލު ކުރަންޖެހޭ ކަމެއް. އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކުން ފެންނާނެކަމަށެވެ. ނަމަވެސް ފެންނާނެ ވަކި ޕާޓީއެއް އަދި ތާއީދުކުރާނެ ކެނޑިޑޭޓެއްގެ ނަން ހާމަ ނުކުރައްވައެވެ. އަލީ ވަހީދު ވިދާޅުވީ އޭނާގެ އާއިލާއިން މިހާރު ސިޔާސީ މަސައްކަތްތަކުގައި އުޅެން ތާއީދު ނުކުރާކަމަށެވެ. އެހެން ކަމުން ބޮޑަށް ވިސްނުން ހުރީ ފުޓުބޯޅައިގައި އުޅުމަަށް ކަމަށެވެ.

އެގޮތުން މިމަހުގެ 14 ވަނަ ދުވަހު ފުޓުބޯޅައިގެން އުފާވެރި ޚަބަރެއް ދޭނެކަމަށް އަލީ ވަހީދު މިއަދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އޯކޭ
ޢަލީ އެހެން ބުނެފިއްޔާ މިހާރުން މިހާރަށް ދޫނިދޫ ރިސޯޓަށް ބަދަލުކޮށް ޔާމީން އެ ރިސޯޓުގެ ޖީއެމް އަކަށް ލާންވި. ޢަލީ ބުނީމަ އެކަން ނުކޮއްފިއްޔާ ދެން ވެގެންދާނެ ގޮތްވެސް ނޭގޭ. ސިޔާސީ އެންމެން ބޭނުންހާ ކަމެއް ކޮށް، ޤާނޫނުތަށް މުގުރާ ހެދީމަވެސް ހަދިޔާދީފަ ރިސޯޓުތަކުގަ ސަރުކާރުގެ ޚަރަދުގަ ބައި ތިއްބަންވީ. މިކަހަލަ މޮޅުވާހަކަ އެދައްކަވަނީ. މީހަކު ހޭބަލި ވެދާނެ މި މީހުނާހެދި