ރައީސް ސާލިހު %80 އަށްވުރެ މަތިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ: ސައުދު

ރައީސް ސާލިހު %80 އަށްވުރެ މަތިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ: ސައުދު

Author
ހުސެއިން
10 ޖުލައި 2023 08:03
0

ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބި %80 އަށްވުރެ މަތިން ކާމިޔާބު ކުރައްވާނެ ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު، ގދ. ރަތަފަންދޫގެ ވޯޓާއެކު، ތަފާތު ބޮޑުކޮށް އެއްބުރުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާއިރު، އެމަނިކުފާނު ވެގެންދާނީ، ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް އިންތިޚާބު ވެގެންދާނެ ފުރަތަމަ ރައީސް ކަމުގައިވެސްމެއެވެ.

ރައީސް ސާލިހު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބު ކުރާނެކަމަށް ސައުދު ވިދާޅުވެފައިވާއިރު، ރައީސް ސާލިހު އިއްޔެވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައެވެ.

މިގޮތުން އިއްޔެ އެކަމިކުފާނުވަނީ ށ. ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން، އެ ދާރިރާގެ ފޯކައިދޫގަ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިއީ ވެރިކަންކުރާ ޕާޓީ ކޯލިޝަންއަކާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށާއި، ކުރީގެ ރިޔާސީ އިންތިޚާބުތަކުގައި ވެރިކަންކުރާ ޕާޓީތަކަށް ދެވެނަ ދައުރެއް ކާމިޔާބު ކުރެވިފައި ނުވަނީ އެޕާޓީތަކަށް ކޯލިޝަންތައް ހެދިފައި ނުވާތީ ކަމުގައެވެ.

އަދި ވެރިކަން ކުރާ އެމްޑީޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެކުލަވާލާފަ އޮތް ކޯލިޝަންއިން ރައްޔިތުންނަށް ދެރަގޮތެއް ނުހަދާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދައުލައްދަވާލި ބޮޑު ވަގުން
މަނުމޫނީ ނިޒާމު އޮންނަގޮތައް އެކަނި ކުރިމަތި ލާބަލަ އޭރުން %100 އިން ކާމިއާބުކުރާނެ ނިކަން %80 ފެންނާނެ ޔާމީނު ކުރިމަތިލާބަލަ މޮޅެތި ވާހަކަ އެބަދައްކައޭ އާލާތުން