ޙައްޖުން އައިގޮތަށް އަފީފްގެ ހާލުކޮޅު ދެރަވެ، ސޭޝެލްސްގެ އައިސީޔޫގައި ފަރުވާދެނީ

ޙައްޖުން އައިގޮތަށް އަފީފްގެ ހާލުކޮޅު ދެރަވެ، ސޭޝެލްސްގެ އައިސީޔޫގައި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2023 11:06
0

1959 ވަނަ އަހަރު ދިވެހިރާއްޖޭގެ ދެކުނުގައި އިނގިރޭސީން އިސްވެ ތިބެ އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަފީފްގެ ދަރިކަލުން އިބްރާހިމް އަފީފަށް ސޭޝެލްސްގެ އައިސީޔޫގައިި ފަރުވާދޭން ފަށައިފިއެވެ.

އަފީފްގެ ހާލުކޮޅު ދެރަވެގެން ފަރުވާދޭން ފަށާފައިވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ވަޑައިގެންނެވި ގޮތަށް ފްލައިޓުން ސީދާ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް ވަނީ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. މިޚަބަރު ހިއްސާ ކުރެއްވީ ތާރީޚި ލިޔުންތެރިޔާ ނާޖިހު ދީދީއެވެ.

އަޅުގަނޑުގެ ނުހަނު އެކުވެރި އިބްރާހީމް ޢަފީފަށް މިވަގުތު ވަނީ ތިޔަ އެންމެ ބޭފުޅުންގެ ދުޢާތަކުގެ ބޭނުންޖެހިފައެވެ. އޭނާ މިވަގުތު އޮންނެވީ ސޭޝެލްސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައެވެ.

– ނާޖިހު ވިދާޅުވިއެވެ.

އިބްރާހީމް ޢަފީފްއަކީ، 1959 ވަނަ އަހަރު ދިވެހިރާއްޖޭގެ ދެކުނުގައި އިނގިރޭސީން އިސްވެ ތިބެ އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަފީފްގެ ދަރިކަލެކެވެ. އަފީފްގެ ހާލުކޮޅު ދެރަވެ އައިސީޔޫގައި ފަރުވާދޭ ޚަބަރާއިއެކު ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަފީފަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އައްޑުއަތޮޅު ހިތަދޫއަށް އުފަންވެވަޑައިގެންނެވި އިބްރާހީމް ޢަފީފަކީ އެޅެދީދީގެ ޢަލިދީދީގެ ޢަފީފް ދީދީއާއި ގަނޑުވަރު އަނީސާ ޢަލިދީދީގެ ދޮށީ ދަރިކަލުންނެވެ. އިބްރާހީމް ޢަފީފަކީ ސޭޝެލްސްގެ މިހާރުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ޢަފީފުގެ ދޮށީ ބޭބޭފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.