އެންޑީއޭ ރީ-ބްރޭންޑް ކުރަނީ

އެންޑީއޭ ރީ-ބްރޭންޑް ކުރަނީ

Author
އަޒްފާ ރަޝީދު
03 ޖުލައި 2023 07:50
0

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީ-ބްރޭންޑްކޮށް މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށް އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވެއްޖެ އެވެ.

އެންޑީއޭ ރީ-ބްރޭންޑްކުރަން ނިންމާފައި ވަނީ އެންޓި-ޑްރަގް ޑޭ ފާހަގަކުރަން މި މަހު ބާއްވާ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެންޑީއޭ އަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދީ އެ މީހުން އަލުން މުޖުތަމަޢުއަށް ނެރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އިދާރާ އެވެ. އެތަނުގެ ދަށުން އަތޮޅު ތެރޭގައި ވެސް ސެންޓަރުތައް ހިންގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

ނަމަވެސް އެންޑީއޭގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ހަރުދަނާކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަލަތަކަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާއަށްވުމެވެ.

އެންޑީއޭ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޣ ޣަފޫރުބެ
އާ ތީ އާބަންކޯ ގެ އާވައްތަރެއްތާދޯ. ތިވެސް ކުންފުންޏެއް. މި މިނިސްޓްރީގެ މީހުންނަށް މިނިސްޓްރީ ހިންގުމަށް ވުރެ ޑްރަގް އޮފީސް ހިންގުން މުހިއްމުތާ. އެހެންޏާ ހެލްތު ގެ ހުރިހާ ސްޓޭޓުންނާ ޑެޕިއުޓީންވެސް ރުޅިއާދޭ އެންޑީއޭ ކަމެއް ފިޔަވާ އެހެން ކަމެއް ކުރާން. އަރަތެއްނު.