އެމްއެމްޕީއާރުސީގެ ދިގުލިސްޓެއް އޮއްވާ ޔާމީނަށް އެކަނި ދައުވާކުރަނީ ނުފޫޒުން: އަމްރު

އެމްއެމްޕީއާރުސީގެ ދިގުލިސްޓެއް އޮއްވާ ޔާމީނަށް އެކަނި ދައުވާކުރަނީ ނުފޫޒުން: އަމްރު

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2023 02:59
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބޮޑު ލިސްޓެއް އެސެޓްރިކަވަރީ ކޮމިޝަނުން އެކުލަވާލި ނަމަވެސް މިމައްސަލާގައި ކުރީގެ ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ބަލަިއ ގަނެވޭނެ ކަމެއް ނޫންކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަމްރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ރައީސް ޔަމީންނަށް ކުރަމުންދަނީ ސިޔާސީ ދަޢުވާތަކެއްކަމަށެވެ. އެކަން ސިޔާސީ ވެގެންދަނީ މިމައްސަލާގައި ދިގު ލިސްޓެއް އޮތްއިރު، ލިސްޓުގައި އޮތް އެންމެ މީހަކަށް ދައުވާ ކުރުމަކީ ނުފޫޒުކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށެވެ.

އަޅުގަނޑުމެން ގަބޫލު ނުކުރަން މިއީ އިންސާފުން ހިނގާ ދައުވާއެއްކަމަށެވެ. ޚިޔާނާތުގެ ބޮޑު ލިސްޓެއް އޮއްވާ އެންމެ މީހެއްގެ ފަހަތުން ދިއުމަކީ ސީދާ ކަނޑައެޅިގެން ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަވާކަމެއް.

– އަމްރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Thikan reykaa mi lee haadha fahakunney
އ އޯކޭބެ
ބުނާނެވާހަކައެއް ނެތަސްވިސްނާލާޥަވެސް ތިނުނޫން ވާހަކައެއް ނެތީތާ ބޯކާލަ ންވެސް ތިބޭފުޅާތިޔަދެއްކި ވާހަކައިން ތިބޭފުޅާގެދަރިންވެސް ލަދުގަންނާނެ
ފ ފޯމަރ އެމްޑީ
ކީއްވެތޭ ކުރިން ތިޔާ ވާހަކަ ނުދެއްކީ. މަގާމުގެ ދަހިވެތި ކަމުގަތޭ؟