50 ފުޅި ބަނގުރަލާއިއެކު ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

50 ފުޅި ބަނގުރަލާއިއެކު ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 01:45
0

އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިތަދޫ ވަލުތެރެއިން އޭނާ ހައްޔަރުކޮށް އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން، މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Bodethi city thakuge medhuga vaa oveytha thikankuran
ދ ދިހެސް
ހިތައްއަރަނީީ މިގައުމުގައުފެދޭޭ މަސްތުވާންް ތަކެތިނޫންބާއޭޭ ހާދަވަރަކަށޭޭ ތިމަސްތީއެއްޗެހިި ފެންނަނީީ ގައިމުު ރާއްޖޭންބޭރައްދާމީހުންބުނާގޮތުގަަ ލަގޭޖުގަަ އަލިފާންފޮއްޓެެއްް އޮތަސްް އެކަމާސުވާލުކުރާކަމައްް އަދިި ރާއްޖޭގެެ އެއާޕޯޓުންވެސްް ފޮށިތަކުގައިި ސްޓިކާޖަހާާ އެއެއްޗަކާބެހޭގޮތުންް ސުވާލުވެސްކުރާކަމައްް އެކަމަކުު މަސްތުވާތަކެތިރަށުތެރެއިންނާާ ކަޑުމަތިންނާާ ފަޅުފަޅާާ އޮޑިދޯނިފަހަރުންވެސްް ބޭންނުންވާވަރަކައްް ހޯދަަ މީކޮންކަހަލަަ ސެކިއުރޓީއެއްތޯޯ