ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ޙިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ޙިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

Author
އަޒްފާ ރަޝީދު
24 ޖޫން 2023 09:12
0

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އޮންލައިންކޮށް ދެމުންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, މިނިސްޓްރީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައި، 24 ޖޫންއިން 01 ޖުލައިގެ ނިޔަލަށް، މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" މެދުވެރިކޮށް އެއްގަމުގެ އުޅަނދުގެ ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ ދެއްކޭނެއެވެ. މީގެއިތުރުން އޮންލައިންކޮށް އުޅަނދު ރަޖިސްޓްރީކުރުމުގެ ޚިދުމަތްވެސް މިނިސްޓްރީން އަންނަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެނޑި
ގެެއަށް ކަޑާލާ ލަދުކުޑަ ފިރިމީހާ ގޮވައިގެން