މިޔަރެއްގެ ހަމަލާގައި ޓޫރިސްޓަކު ޒަހަމްވެ ފަރުވާދެނީ

މިޔަރެއްގެ ހަމަލާގައި ޓޫރިސްޓަކު ޒަހަމްވެ ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2023 08:05
0

މާލޭ ކައިރިއަށް ފީނުމަށް ފޭބި ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދޭން ފަށައިފިއެވެ.

މިޔަރުގެ ހަމަލާގައި ޒަހަމްވި އަންހެން މީހާ ފޮރިން މިނިސްޓްރީ ކައިރިން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާގެ ކަނާއަތުގެ އުޅަބޮއްޓާ ދިމާލުން ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އެތަނުން ލޭ މަނާ ނުވެ ލޭތައް ފައިބަމުން ދާތީ ފެނެ އެވެ. ޒަހަމްވި މީހާއާ އެކު އެހެން ޓޫރިސްޓުންތަކެއް ހާސްކަންމަތީ އުޅޭތީ ވީޑިއޯގައި ފެނެއެވެ. ޕިކަޕުގައި އެ މީހާ ގެންދަން އުޅެނިކޮށް އެމްބިއުލާންސް އައުން އޭނާ ގެންދިޔައީ އޭގައެވެ.

ހާދިސާ ހިނގީ އަންހެން މީހާ އިތުރު ބަޔަކާ އެކު ފީނަން ގޮސް އުޅެނިކޮށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ނޭނގެއެވެ. އެނގިފައިވާ ގޮތުގައި މިއީ ކ. މާފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ބައެކެވެ.

މި ހާދިސާއާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތެއް ނުލިބެއެވެ. މީގެ ދެ ހަފްތާ ކުރިން މަހަށް ނިކުމެ އުޅުނު ދިވެއްސަކަށް ވެސް މިޔަރެއް ހަމަލާދިން ހާދިސާއެއް ވަނީ ކުރިމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.