ދިވެހި ރައްޔިތުންތިބީ އަމިއްލަ ލާރީގައިވެސް ގާސިމް ހޮވަން: އަލީ އާރިފް

ދިވެހި ރައްޔިތުންތިބީ އަމިއްލަ ލާރީގައިވެސް ގާސިމް ހޮވަން: އަލީ އާރިފް

ދިވެހި ރައްޔިތުން ތިބީ އެބޭފުޅުންގެ އަމިއްލަ ލާރީގައިވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ތައްޔާރަށް ކަމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ބޭއްވި ޖޭޕީގެ ކެމްޕެއިން އިވެންޓުގައި ވާހަކަދައްކަމުން އާރިފް ވިދާޅުވީ ގާސިމް ވެރިކަމަށް އިންތިހާބު ކުރަން ރައްޔިތުން ބޭނުން ވަނީ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކެއް ހަމަޖައްސާނެ ކަމަށް ގާސިމް ވައުދުވެފައިވާތީ ކަމަށާއި އެގޮތުން އަމިއްލަ ލާރީގައި ވެސް މިފަހަރު ރައްޔިތުން ގާސިމް ވެރިކަމަށް އިންތިހާބު ކުރާނެ ކަމަށެވެ.

އަލީ އާރިފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަނިޔާވެރި ނުވުމަށް ނަސޭހަތްތެރިވެލައްވާފައެވެ. އަލީ އާރިފް ވިދާޅުވީ ސަރުކާރުން ކިތަންމެ ދަތި ކުރިއަސް ރައްޔިތުން ތިބީ މިއަހަރުގެ ރިޔާސީ އިންތިހާބު އޮނަރަބަލް ގާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

އަނިޔާވެރި ނުވާށޭ ރައީސް އަށް މި ދަންނަވަނީ. މަނިކުފާނު މޮޅަށް ރާއްވަވާށޭ. އެއަށް ވުރެ މޮޅަށް ރާއްވަވާ ފަރާތެއްވެޔޭ. އެފަރާތުން ވެރިކަން އަންނަނީ. އެ ނަންގަވަނީވެސް އެފަރާތުން. ދިވެހި ރައްޔިތުންތިބީ އަމިއްލަ ލާރީގައިވެސް ގާސިމް ހޮވަން.

– އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ ވެރިކަން ހަވާލުކުރަނީ ރާއްޖެ ވިއްކަން ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ގާނޫނު އަސާސީގެ އެއްބައި ރައީސްއަށް ފެނިވަޑައިގަންނަވާއިރު އަނެއްބައި ފެނިވަޑައިނުގަންނަވަނީތޯ ސުވާލުކުރައްވައި ގާސިމް އިބްރާހީމަށް ކުރާ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އާރިފް ވިދާޅުވީ ގާސިމްއާ ކުޅެފި ނަމަ އެ ކުޅެވުނީ ނުސީދާކޮށް ވެސް އެތައް ހާސް ބަޔަކާއިކަން ދަންނަން ޖެހޭނެ ކަމަށާއި ރައީސް ސޯލިހު މިއަދު ގެންދަވަނީ އެމަނިކުފާނަށް ކަންކަން ކޮށްދެއްވި ބޭފުޅުންނަށް އިހާނެތި ގޮތްތައް ހައްދަވަމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *