ރައީސާއި ބައްދަލުކުރުމަށް، ރައީސް އޮފީހުގައި ތިބިގެން ސިޓީލިޔެ ހަވާލުކޮށްފި

ރައީސާއި ބައްދަލުކުރުމަށް، ރައީސް އޮފީހުގައި ތިބިގެން ސިޓީލިޔެ ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2023 11:49
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރުމަށް ރަސްމީ ޕްރޮޓްކޯލްގެ ތެރެއިން ސިޓީ ލިބިފައި ނުވާކަމަށް ބުނުމުން، ރައީސް އޮފީހުގައި ތިއްބަވައިގެން އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ސިޓީ ލިޔެ ރައީސާއި ބައްދަލު ކުރުމަށް އެދިއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ހިންގާ ހަރަކާތްތަކުގައި ޕީޕީއެމްގެ ލީޑަރޝިޕުން މީގެ ކުރިން ދެތިން ދުވަހަކު ރައީސާއި ބައްދަލު ކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދުވަހަކު ބައްދަލު ވެފައި ނުވެއެވެ.

މިއަދު ރައީސް އޮފީހަށް ދިޔަ ބޭފުޅުން ވަނީ ރައީސާއި ބައްދަލު ކުރުމަށް އެދިފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް އޮފީހުން މިހެން ބުމުން ވަނީ ރައީސް އޮފީހުގައި ތިއްބަވައިގެން ސިޓީ ލިޔެފައި ރައީސާއި ބައްދަލުކުރުމަށް އެދިފައެވެ.

މިސިޓީ ލިޔުނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމެއެވެ. އެސިޓީގައިވަނީ ރައީސާއި ބައްދަލުކުރަން 4 ދުވަހަކު ރައީސް އޮފީހަށް ދެވިފައިވާކަމަށެވެ. ރައީސާއި ބައްދަލުކުރަން ދަނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައިވެސް ބައްދަލުކޮށް ރައީސް ޔާމީނަށް އިންސާފު ހޯދައި ދޭންޖެހޭކަމަށް ސިޓީ ބުނެފައިވެއެވެ.

ވ.އާރަށުގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފީ ޝަރީއަތްތައް ވީހާވެސް ގިނައިން ބާއްވާ ދެއްވުމަށް އެމަނިކުފާނު ވަނީ ހައިކޯޓުގައި އެދިވަޑައިގެންފައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ޔާމީން ވިދާޅުވީ، އިސްތިއުފާނީ މައްސަލަ ވަރަށް އަވަސް އަވަހަށް ގެންގޮސްދެއްވައިފިނަމަ ޝުކުރު ވެރިވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.