"ވަނާޖުބޭސާ" ބައިސްކޯފަށް

"ވަނާޖުބޭސާ" ބައިސްކޯފަށް

Author
ފާތިމަތު ނާވީ
18 ޖޫން 2023 07:19
0

މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އޮލިމްޕަސް ސިނަމާގައި އެޅުވި ކޮމެޑީ ފިލްމު  "ވަނާޖުބޭސާ" ބައިސްކޯފަށް ގެންނަން ނިންމައި، އެ ފިލްމްގެ ޓްރެއިލާ ބައިސްކޯފުން ދައްކަން ފަށައިފިއެވެ.

ވަރަށް އަވަހަށް ފިލްމް ދައްކާނެ ކަން އިއުލާން ކޮށް ފިލްމް ގެ ޓްރެއިލާ ދައްކަމުން އަންނަ އިރުގައި ފިލްމް އަޅުވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މީ ފިލްމް ބަލާލަން ބޭނުންވާ ފަރާތްތަކަށް އަނެއްކައިވެސް މީ ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Baiskoafu (@baiskoafu)

އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޑައިރެކްޓަރު ޓްވިޝާލް ޒަކީ ހަދާފައިވާ މި ފިލްމުގެ ކާސްޓަކީވެސް މި ދާއިރާއަށް މުޅިން އަލަށް ނިކުންނަ ކާސްޓެކެވެ. ފިލްމް ރިލީޒް ކުރީ އެޕްރިލް މަހުގެ 25 ވަނަ ދުވަހުގައިއެވެ.

"ވަނާޖުބޭސާ" އަކީ ވަރަށް ގިނަ ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވާ މަޝްހޫރު ކޮމީޑިއަން އަދި ކާއްޓޭ ޑިވާންޝޯގެ ނަމުން މަޝްހޫރު ނަޒީރު ޝިހާމާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) މައިގަނޑު ރޯލުތައް ކުޅެފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި މުހައްމަދު ސައީދުގެ އިތުރުން އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީ ހިމެނެ އެވެ.

"ވަނާޖުބޭސާ" އަކީ ވިޝާލް އާއި ކާއްޓޭގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.