ސައިޕްރަސްގެ ޔުނިވަރސިޓީއަކުން ޑރ. ވަހީދަށް ޝަރަފްގެ ޕީއެޗްޑީއެއް އަރުވައިފި

ސައިޕްރަސްގެ ޔުނިވަރސިޓީއަކުން ޑރ. ވަހީދަށް ޝަރަފްގެ ޕީއެޗްޑީއެއް އަރުވައިފި

Author
ހުސެއިން
18 ޖޫން 2023 09:31
0

ސައިޕްރަސްގެ ޔުނިވަރސިޓީއަކުން ޑރ. ވަހީދަށް ޝަފްގެ ޕީއެޗްޑީއެއް އަރުވައިފިއެވެ. ރައީސް ވަހީދަށް ޝަރަފްގެ ޕީއެޗްޑީ އަރުވާފައިވަނީ، ނޮދަރން ސައިޕްރަސްގެ ސިޓީއެއް ކަމުގައިވާ ކިރިނިޔާގައި ހުންނަ ގާރން އެމެރިކަން ޔުނިވަރސިޓީގެ ކެމްޕަސްގައެވެ.

ރައީސް ވަހީދުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ތުރުކިޝް ރިޕްކްލިކް އޮފް ނަދަން ސައިޕްރަސްއަށް ނިސްބަތްވާ މި ޔުނިވަސިޓީގެ ފަރާތުން ރައީސް ވަހީދުއާއި ޕީއެޗްޑީ ހަވާލުކޮށް ދެއްވީ ތުރުކިޝް ރިޕްކްލިކް އޮފް ނަދަން ސައިޕްރަސްގެ ރައީސް އާސިން ޓަޓާރު އާއި އޭނާގެ ކެބިނެޓްގެ މެމްބަރުންނެވެ. މި ޕީއެޗްޑީ އަރުވާފައިވަނީ ޕޮލިޓިކަލް އެންޑް ޕޮލިސީ ސްޓަޑީސްގެ ދާއިރާއިންނެވެ.

ރައީސް ވަހީދު ބައިވެރިވެވަޑައިގެންފައިވަނީ ގާރން އެމެރިކަން ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. ޝަރަފްގެ ޕީއެޗްޑީ އެރުވުމުގެ ރަސްމިއްޔާތަށްފަހު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެ ޔުނިވަރސީޓީއަކީ ދުނިޔޭގެ 130 ގައުމަކުން 18،000 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ޔުނިވަރސިޓިއެއް ކަމުގައެވެ. ގާރން އެމެރިކަން ޔިނިވަރސިޓގެ ކެމްޕަސް ތުރުކީގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ އަދި ސިންގަޕޫރުގައި ހުރެއެވެ.

ރައީސް ވަހީދަކީ ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ފަރާތެވެ. ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ ޑިވެލޮޕްމަންޓް އެޑިއުކޭޝަންގެ ދާއިރާއިން 1986 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.