މޭއި 18 ވަނަ ދުވަހު ބޭއްވުނު ބޮޑު ރަސްމިއްޔާތަކާއި އެކު ގދ. ފަރެސްމާތޮޑާ ބަނދަރުން މަސްގަންނަންފެށިތާ މާގިނަ އިރުތަކެއްނުވަނީސް މައްސަލަޖެހިގެން އޮޕަރޭޝަން ހުއްޓާލި، މިފްކޯގެ ޖަޒީރާ 103 ބޯޓު، ފަރެސްމާތޮޑާ ބަނދަރުގައި މަސްކިރަމުން ދަނިކޮށް އަނެއްކާވެސް މައްސަލަ ޖެހިއްޖެއެވެ.
ފަރެސްމާތޮޑާ ބަނދަރުގައި 15 ޓަނުގެ މަސްގަތްތަނާ އަނެއްކާ މައްސަލަޖެހިގެން ޖަޒީރާ 103 މިހާރު އަންނަނީ ކޫއްޑޫގައި ބަނދަރުގައި މަރާމާތު ކުރަމުން ކަމަށް ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޖަޒީރާ 103 ރާއްޖެނެގެސް، އެންމެ ފުރަތަމަ ފަހަރަށް، ފާއިތުވު މޭމަހު މަސްކިރަން ފެށުމާއެކު، މައްސަލަ ޖެހި އަލުން މަރާމާތު ކޮށްފައިވެއެވެ. އެހެންނަމަވެސް ބޯޓު މަރާމާތުކޮށް ވަނީ އެބޯޓް މާތޮޑާ ބަދަރަށްފޮނުވާފައެވެ. ނަމަވެސް އެފަހަރު ބޯޓަށްގަނެވުނީ އެންމެ 15 ޓަނުގެމަހެވެ. ފުރަތަމަ ފަހަރު ބޯޓަށްނެގުނީ 60 ޓަނުގެ މަހެވެ.
މިބޯޓްގެ އޮޕަރޭޝަން ފެށުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިފްކޯގެ ސީއީއޯ ވިދާޅުވެފައިވަނީ މިބޯޓަކީ ޒަމާނީ ފެންވަރުގެ ބޯޓެއްކަމަށާއި، ދުވާލަކަށް 120 ޓަނުގެ މަސް ގަނެވޭނެކަމަށެވެ.
އެހެންނަމަވެސް ފާއިތުވި މުއްދަތުގައި ބޯޓަށް މަސްގަނެވުނީ 2 ދުހައެއްގެ މަތިން 10 ގަޑި އިރަށް ކަމަށްވެސް ޚަބަރު އޮންލައިނަށް މައުލޫމާތި ދިން ފަރާތުން ބުނެފައި ވެއެވެ. ބޯޓް އަލުމް މަރާމާތު ކުރުމަށް ބަނދަރު ކޮށްފައި އޮންނަތާ މިއަދާއިހަމައަށް 22 ދުވަސް ވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ކޫއްޑޫގެ ޓެކުނިކަލް ބައެއް ބޭފުޅުން މަޢުލޫމާތު ދީފައިވާ ގޮތުގައު މި ބޯޓަކީ އުމުން 37 އަހަރު ވެފައިވާ ބޯޓެކެވެ. މިގޮތުން ބޯޓްގެ އޮޕްރޭޝަން ހުއްޓި ޖަޕާނުގައި ބޯޓު އޮންނަތާ ގިނަ އަހަރުތަކެއް ވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރަށްވެސް ބައެއް އިންޖިނިއަރު ބުނެފައިވާ ގޮތުގައި ބޯޓުގައި މަސައްކަތްކުރާ 30 ހަކަށް މުވައްޒަފުންނަށް މި ބޯޓުގައި ހުންނަނީ އެންމެ ފާޚާނާއެއްކަމަށާއި، ފެންނާއި ތެޔޮ ރައްކާކުރެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.
އިތުރަށް މައުލޫމާތު ދެމުން މައުލޫމާތި ލިބިހުރި ބައެއް ޓެކްނިކަލް ފަރާތްތަކުން ކިޔައިދީފައިވާ ގޮތުގައި، ޖަޒިރާ 103 ބޯޓުގެ ފިނިކުރާ ނިޒާމުގެ ޕައިޕްލައިންވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ. އަދި ބައެއް ހިސާބުތަކުން ވަނީ ފީވެފައެވެ. އޭގެ ސަބަބުން މަސްފިނިކުރަން ހޮޅިލައިނަށް ފުރެޝާދިނުމާއެކު ހޮޅިލައިން ފަޅައިގެންދަނީ ކަމަށްވެސް ބުނެފައި ވެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ބޯޓު ރަގަޅަށް އޮޕަރޭޝަނަށް ގެނެވޭނީ ބޮޑު ޚަރަދެއްކޮށް، މަރާމާތު ކޮށްގެންނެވެ.

މިފްކޯގެ ޖަޒީރާ 103 ބޯޓަކީ ބާ ބޯޓެއްކަމަށް ޓެކްނިކަލް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް، ފާއިތުވި އެޕްރިލްމަހު ރާއްޖެއައި ޖަޒީރާ 103 މަސްކިރާ ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ފާއިތުވި މޭމަހު 18ވަނަ ދުވަހު، މިބޯޓުން އަލަށް ރާއްޖޭގައި މަސްކިރަން ފަށާފައިވަނީ ދައުލަތުގެ ވަޒީރުން ގޮސް ގދ. ފަރެސްމާތޮޑާގައި ބޭއްވުނު ހާއްޞަ ބޮޑު ރަސްމިއްޔަތަކާއިއެކުއެވެ.
18 މޭއި 2023 ވީ ބުރާސްފަތި ދުވަހު ގދ.ފަރެއްމާތޮޑާގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި އަދި މިފްކޯގެ ސީއީއޯވެސް ވަނީ މިފްކޯއަށް އަލަށް ގެނައި މިބޯޓުގެ އޮޕަރޭޝަންތައް ފެށުމުން މަސްކިރުމުގައި ގާއިމްވެގެންދާނެ ލުއިފަސޭހަކަމުގެ ވާހަތަކާއި އަދި ބޯޓަކީ އެންމެ ޒަމާނީ ވަސީލަތައް ގާއިމްކުރެވިފައިވާ ބޯޓެއްކަމަށްވެސް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި ބޯޓުން ދުވާލަކަށް 120 ޓަނުގެ މަސްބޯޓަށް ކިރޭނެކަމަށް މިފްކޯގެ ސީއީއޯ ވިދާޅުވި ނަމަވެސް، ބޯޓުގެ އޮޕަރޭޝަން އިފްތިތާހުކޮށް، އެންމެ ފުރަތަމަ މަސްކިރަން ފެށުމާއެކު، 60 ޓަނުގެ މަސް ނުކިރެނީސް ބޯޓުގެ ފިނިކުރުމުގެ ނިޒާމުގައި ހުރި ހޮޅިތަށް ފަޅައިގެންގޮސް މަސްކިރުން ހުއްޓުމަކަށް އައިސްފައި ވެއެވެ.
އަދި އޭގެ އިތުރުން މިބޯޓަކީ ދޯނިފަހަރު ކައިރިކޮށްގެން މަސްކިރޭނެ ގޮތަށް ފަރުމާ ކުރެވޮފައިވާ ބޯޓެއްނޫން ކަމުގެ ޝަކުވާވެސް ބައެއް މަސްވެރިން ކޮށްފައި ވެއެވެ. މިގޮތުން، ބޯޓުގެ ދެފަރާތުގެ އަރިމަތިން ބޭރަށް ނެރެފައިވާ ބައެއްގެ ސަބަބުބް ބޯޓަށް މަސްކިރަން ކައިރިކުރާ ދޯނިތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް މަސްވެރިން ބުނެފައި ވެއެވެ.
މިބޯޓުގެ އިތުރުން، މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ކުރިން ބުނެފައި ވެއެވެ. މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެކަމަަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބޮޑު ޚަރަދެއް ކޮށްގެން ރާއްޖެ ގެނައި މަސްކިރާ ބޯޓަށް އަނެއްކާވެސް މައްސަލަ ޖެހި މަރާމާތައް ދާން ޖެހުމާއި ގުޅިގެން، ބޯޓުގެ ފެންވަރާއި އަދި ބޯޓު ގެނައުމަށް ކޮށްފައިވާ މުއާމަލާތުތަކާއި ގުޅޭގޮތުން ގިނަބަޔަކު ސުވާލު އުފައްދާފައި ވެއެވެ.
ކޮމެންޓު ފޮނުވާ