ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.
ސްޕްރީމް ކޯޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމަހުގެ 11 – 17 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅު އިންތިޒާމް ކުރައްވާފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ކަމަށެވެ. މި ދަތުރުފުޅުގައި ކޯޓުތަކަށާއި ލޯ ސްކޫލްސްތަކަށް ޒިޔާރަތްކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެޑައިގަންނަވާ ކަމުގައި ސްޕްރީމް ކޯޓުން ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އެމެރިކާއަށް ފުރާވަޑައިގަންނަވައިފި.
2023 ޖޫން 11 – 17 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅު އިންތިޒާމްކުރައްވާފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން.
(1/2) pic.twitter.com/16Q9KanI00
— Supreme Court of the Maldives (@SCMaldives) June 9, 2023
ރާއްޖޭގެ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކަށް ބޭރުގެ ތަމްރީނާއި، ތަޖުރިބާ ހޯދައި ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ތަމްރީން ޕްރޮގުރާމުތައް ހިންގުމާއި، ހުނަރު އިތުރު ކުރުމުގެ ފުރުސަތުތައް ދަނީ ހޯދަމުންނެވެ.
އުއްތަމަ ފަޑިޔާރު އަހުމަދު މުތަސިމް އަދުނާނަކީ ފަނޑިޔާރުންގެ ތައުލީމާއި ތަމްރީނާއި، ތަޖުރިބާއަށް އަދި އަހުލާގަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެކެވެ.