ރަކުލް ޗުއްޓިއަށް ރާއްޖޭއަށް

ރަކުލް ޗުއްޓިއަށް ރާއްޖޭއަށް

Author
ފާތިމަތު ނާވީ
05 ޖޫން 2023 04:38
0

ރާޖެއަކީ ބޮލީވުޑްގެ ފަންނާނުންގެ މެދުގައި އެންމެ މަގުބުލު މަންޒިލް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަބަދުވެސް ރާއްޖޭގައި ބޮލީވުޑްގެ ކޮންމެވެސް ފަންނާނަކު ޗުއްޓީ ހޭދަކުރަމުން ދެއެވެ.

އެގޮތުން އަނެއްކައިވެސް އިތުރު ފަންނާނަކު ރާއްޖެ އައިސް އުފާވެރި ޗުއްޓީއެއް އަންނަނީ ހެދަކުރަމުންނެވެ. ބޮލީވުޑްގެ އިތުރުން ސައުތުގެ ވެސް މަޝްހޫރު ބަތަލާ ރަކުލް ޕްރީތް ސިންގް އަންނަނީ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާ އަންނަނީ ރީތި ފޮޓޯ ތަކެއް ސޯޝަލް މީޑިއާ މެދުވަރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

އެނގިފައިވާ ގޮތުގައި ރަކުލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ލޯބިވެރިޔާ/ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ އެކީގަ އެވެ. ރަކުލް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

32 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މި އަހަރުގެ ޖެނުއަރުގައި ޒީ5 އިން ޕްރީމިއާކުރި "ޗަތުރީވާލީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.